މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ 6ވަނަ ފަންގިފިލާ އިން ވެއްޓި އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެއްޖެއެވެ.
އެކަމާއި ގުޅިގެން ފުލުހުން ބުނީ، ގެއެއްގެ ހަ ވަނަ ފަންގިފިލާ އިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ ދަންވަރު 02:39 ގައި ކަމަށެވެ.
އަދި އެ އިމާރާތުން ވެއްޓި ނިޔާވެފައި ވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާ، ވެއްޓުމުން ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!