ބޭރޫތުގެ ގޮވުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތް އައިއޭސީން ފަށައިފި
މިހިނގާ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނު ( އައިއޭސީ)އިން ފަށައިފިއެވެ. މިގޮތުން އައިއޭސީއިން ވަނީ ބެއިރޫތްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރިލީފް ކެމްޕޭނެއް ފަށައިފައެވެ. ގޮވުމުގެ ސަބަބުން ބޭރޫތުގައި އެހީއަށް ބޭނުންވެފައިވާ މީހުންނަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވާ ކާބޯތަކެތިއާއި، ފަސްޓް އެއި...