ކޯވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ
ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ އެވެ. މިއީ މިބަލީ ގައި ރާއްޖެއިން ނިޔާވި 25 ވަނަ މީހާއެވެ. އެޗްޕީއޭއިން ރަސްމީކޮން އަދި އިޢުލާންކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފް އިން ނޫންވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީީ (ސ. ނަންބަރު:105) ނިޔާވެފައިވާކަމަށެވެ. (ރިޓަޔަރޑް) ޢަބްދުލްޣަނީީ އަކީ 1960 ވަނަ އަހަރު އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް...