ކޯވިޑް-19: ސައުތު ކޮރެއާގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި
ސައުތު ކޮރެއާގައި ފާއިތުވީ ފަސް ދުވަސް ތެރޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން 3 ގުނައަށް އިތުރު ވެފައިވާތީ، އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގަވާއިދުތައް ވަރުގަދަ ކޮށްފިއެވެ. ސައުތު ކޮރެއާގެ “ދަ ކޮރެއާ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން ” (ކޭސީޑީސީ) އިން ރިޕޯރޓް ކޮށްފައިވާގޮތުގައި ހޯމަދުވަހު ދަންވަރުން ފެށިގެން މިއަދާހަމައަށް 740 މީހަކު އެ ޤައުމުން ޕޮޒިޓިވް ވެފައި ވެެއެވެ. ސައުތު ކޮރެއާ އަކީ ކޯވިޑް-19 އެންމެއަވަހަށް ކޮންޓްރޯލް ކުރި ގައުމުތެރޭން […]