ބޯޑަރު ހުޅުވުމުން ރާއްޖެއައި މީހުންނަށް ވުރެ ރާއްޖެއިން ބޭރަށް ދިޔަ މީހުން ގިނަކަމަށް އެމްއޭސީއެލުގެ ހިސާބުތަކުން ދައްކައިފިއެވެ.
އެމްއޭސީއެލުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކު ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އެކި ގައުމުތަކުން އައި ފްލައިޓުތަކުން 7،607 މީހުން ރާއްޖެ އަށް އައިސްފައިވާކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ގޮސްފައިވާ މީހުންގެ އަދަދީ 9،269 ކަމަށެވެ.
އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސިވަރުވެސް ކުރިން ހީކުރި ވަރަށް ވުރެ ދައްވެފައިވާ ކަމަށް އެހިސާބުތަކުން ދައްކައެވެ. އެހިސާބުތަކުން ދައްކާގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖެއްސި އިންޓަނޭޝަނަލް ފްލައިޓުތަކުގެ 399 މޫވަމަންޓު ރެކޯޑު ކުރެވިފައިވާކަމަށެވެ.
Stats of one month @VelanaAirport after border reopens. pic.twitter.com/zkTTsWBVLv
— Maldives Airports Company Ltd - MACL (@MACLmedia) August 18, 2020
ކޯވިޑް19 ގެ ސަބަބުން ބޯޑަރު ބަންދު ކުރުމަށްފަހު ސަލާމަތީ ފިޔަވަޅުތައް އެޅުމަށްފަހު ނިއު ނޯމަލްގައި ބޯޑަރު ހުޅުވާލި އިރު ގިނަ އަދަދެއްގެ މީހުން ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެ އަންނާނެކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ގެސްޓު ހައުސްތަކަށް ޓުއަރިސްޓުން އާދެވޭނެ ގޮތަށް އޮތް ތާރީހު ފަސްވުމާއި އެކު ވަރަށް ގިނަ ބުކިންގ ތައް ކެންސަލްވެފައިވާކަން ގެސްޓުހައުސް ވިޔަފާރީގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ބޯޑަރު އަލުން ހުޅުވިތާ އެއްމަސް ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 5،177 ޓޫރިސްޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!