މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1867 ވަނަ ޞަފްޙާ

ސަމާލުވޭ! ބޯކޮށް ވާރޭވެހި 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ،

ސަމާލުވޭ! ބޯކޮށް ވާރޭވެހި 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ،

ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފި އެވެ. މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް […]

އިބްރާހިމް އަސްވާޤް
އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް ބަދަލެއް ނުގެނޭ

އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް ބަދަލެއް ނުގެނޭ

އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް އެއް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ. އެސްޓީއޯގެ މީޑިއޯ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު “ތިލަދުން” އަށް ވިދާޅުވީ އެ ކުންފުނިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެސްޓީއޯއިން ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އެކުންފުނިން އާންމުކޮން އަންގާ އިޢުލާން ކުރާނެކަމަށެވެ. އެސްޓީއޯއިން އަންނަނީ މީގެ ކުރިންވެސް […]

އިބްރާހިމް އަސްވާޤް
ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަންގެ ހޫނު މަރުޙަބާއެއް

ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަންގެ ހޫނު މަރުޙަބާއެއް

އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ރ.ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަން މިނިސްޓަރީއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެޑިއުކޭޝަނުން، ދުވާފަރު ޕްރައިމަރީ ސްކޫލްގެ ތާރީޚީ ކާމިޔާބަށް މަރުހަބާ ކިޔާފައި ވަނީ، އެ މިނިސްޓްރީ އިން މިއަދު ފޮނުވި މަރުޙަބާގެ މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައި ވަނީ އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ދުވާފަރު ޕްރައިމަރީ ސްކޫލުގެ އެންމެހާ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. “އަޅުގަނޑުމެންގެ...

ޔުމްނާ ޢަލީ
އާރްއާރްޓީ: މިއީ ގައުމަށްޓަކައި ވާ ގުރުބާނީއެއް

އާރްއާރްޓީ: މިއީ ގައުމަށްޓަކައި ވާ ގުރުބާނީއެއް

“އެންމެ މިސްވަނީ އާއިލާ. މަންމަ ކައްކާފައި ކާންދޭ މީރު ކެއުން. ވަކިން ފެސިލިޓީއެއްގައި، އާއިލާއާ ބައްދަލުނުވެ، މިހާ ދުވަސްވީމަ ދެރަވޭ،” އުމުރުން 24 އަހަރުގެ މަރިޔަމް ޝިއުނާ ބުންޏެވެ. ޝިއުނާ އަކީ ކޮވިޑް-19 ގެ ފްރޮންޓްލައިންގައި އެންމެ ބުރަ، އެންމެ ނުރައްކާތެރި އެއް މަސައްކަތް ކަމަށްވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ ޚިދުމަތްތެރިއެކެވެ. އެ މަސައްކަތުގައި އޮތް ނުރައްކާތެރިކަން ޝިއުނާ ވެސް ގަބޫލުކުރެ އެވެ. އޭނާ އާއި އެހެން ބައިވެރިންގެ މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަނީ […]

ތިލަދުން
އުއެފާ ނޭޝަންސް ލީގު: އިޓަލީ އެއްވަރުވެ، ނެދަލެންޑްސްއަށް ހަނިމޮޅެއް

އުއެފާ ނޭޝަންސް ލީގު: އިޓަލީ އެއްވަރުވެ، ނެދަލެންޑްސްއަށް ހަނިމޮޅެއް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީ އާއި ބޮސްނިއާ ބައްދަލު ކުރި މެޗު އެއްވަރުވިއިރު، ނެދަލެންޑްސްއާއި ޕޮލެންޑް ބައްދަލު ކުރި މެޗުން ނެދަލެންޑްސް މޮޅުވެއްޖެއެވެ. ރޭ އިޓަލީއާއި ބޮސްނިއާ ބައްދަލުކުރި މެޗު ދެޓީމު އެއްވަރު ވެފައިވަނީ  1-1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފެނުނު ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ރޯމާއަށް ކުޅެމުން އަންނަ  ފޯވާޑް […]

އިބްރާހިމް ޚަލީލް
ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދޭން ގޮވާލައިފި

ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދޭން ގޮވާލައިފި

ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް ގޮވާލައްވައިފި އެވެ. ޝަރީފު އެގޮތަށް ގޮވާލެއްވީ “ޗެނަލް 13” ގެ ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްވެސް ގޮތަކަށް ހިތްވަރު ނުދިނުމަށް ގޮވ...

ޔުމްނާ ޢަލީ
ތިލަދުންމަތީ ހުނަރުވެރިން: ސިއްބެގެ ފިހިން ރާއްޖޭގެ ޗާލުކަން

ތިލަދުންމަތީ ހުނަރުވެރިން: ސިއްބެގެ ފިހިން ރާއްޖޭގެ ޗާލުކަން

ރާއްޖެއަކީ ވެސް އެކިފެންވަރުގެ ކުރެހުންތެރިން ތިބި ޤައުމެކެވެ. ބައެއް މީހުންނަކީ ފޫހި ފިލުވާލަން ކުރަހާ އުޅޭ މީހުންނެވެ. ބައެއް މީހުން އާމްދަނީއެއް ހޯދުމުގެ ގޮތުން ކުރަހާއުޅޭއިރު އަނެއްބަޔަކު ވަޒީފާ އަދާކޮށްފައި ލިބޭ ހުސްވަގުތުގައި ވެސް ކުރަހާ އުޅެއެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކުރަހައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭވަރު އާމްދަނީއެއް ރާއްޖޭގައި ހޯދުމަކީ އުނދަގޫކަމެކެވެ. “ތެދެއްމެ، ބައެއް މީހުން އަދިވެސް ޤަބޫލެއް ނުކުރޭ މިއީ މުސްތަޤުބަލު އޮތްދާއިރާއެއް ކަމަކަށް، ނަމަވެސް އަހަރެންގެ...

އިބްރާހިމް ޚަލީލް
ޤައިދީންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް އަމަލު ކުރަން ފަށައިފި

ޤައިދީންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް އަމަލު ކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް ޢަމަލު ކުރަން ފަށައިފިއެވެ. ކަރެކްޝަނަލް ސަރވިސްގެ ޤަވާއިދު “ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދު”އަށް އަމަލުކުރަން ފަށާފައި 3 ސެޕްޓެމްބަރު 2020 ވަނަ ދުވަހުއެވެ. މި ޤަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ހުންނަ ހުރުމުގައި، ޤައިދީންނާއި ބަންދުކޮށްފައިތިބޭ މީހުންގެ އަޚްލާގާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖ...

ޔުމްނާ ޢަލީ
ޗެނަލް13 އިން މައާފަށް އެދެފި، ބްރޯޑްކޮމް އިން މައްސަލަ ބަލަނީ

ޗެނަލް13 އިން މައާފަށް އެދެފި، ބްރޯޑްކޮމް އިން މައްސަލަ ބަލަނީ

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލާއިގައި އެ ސްޓޭޝަނުން މައާފަށް އެދިއްޖެ އެވެ. އެމައްސަލާގައި ޗެނަލް13 އިން މައާފަށް އެދިފައިވާއިރު، އެ މައްސަލަ ބަލާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ ބުނެފައެވެ. އެމައްސަލާގައި މާފަށް އެދެމުން ޗެނަލް13 އިން ބުނެފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި އެ ޗެނަލުން ބްރޯޑްކާސްޓު ކުރި “ރައްޔިތުންގެ އަޑު” ޕްރޮގްރާމަށ...

ޝިއުނާ އާދަމް
ދާދިވަރުކޮށް އުތީމު ގަނޑުވަރު

ދާދިވަރުކޮށް އުތީމު ގަނޑުވަރު

އަޅުގަނޑު އިނީ ގޭގެ ސޯފާގައެވެ. ފެންނަނީ ބޮޑުތަކުރުފާނު އަވަހާރަފުޅު ލެއްޕެވި އުނދޯލިދާންކޮޅެވެ. ނުހުޅުވޭ ދޮރުކޮޅެވެ. ބޮޑުތަކުރުފާނު ހަނގުރާމައިގައި ގެންގުޅުއްވި ބޮޑު ފޮށިކޮޅެވެ. އެ ބޭފުޅުން އެރުއްވި މަރަވަޅިކޮޅުތަކެވެ. ދަންޑަހެލުމެން ބޭފުޅުން ނިދިކުރެއްވި ކުޑައަށިކޮޅެވެ. މުޅިގެއަށް އަލިކޮށްލަދޭ ހަތްހުޅުކޮޅުލީ ވޮށްކޮޅެވެ. ބޭރުގެ މަންޒަރުތައް ކުލަކޮށް ފޯރުކޮށްދޭ އަޖައިބެއް ފަދަ ލޯވަޅެވެ. އާދެ! އެއީ ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ގެކޮޅެވެ. އުތީމު ގަނޑުވަރެވެ. ެައަޅުގަނޑަށް އެތައް ފަހަރަކު އެ...

ޢަބްދުﷲ ސަޢީދު
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސުކޫލު ދަރިވަރުންނަށް ފިނިމައިޒާނެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސުކޫލު ދަރިވަރުންނަށް ފިނިމައިޒާނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ކެލާ ސުކޫލު ކައިރީގައިވާ ފިނި މައިޒާން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަލުން ހުޅުވައިފިއެވެ. މި މަސައްކަތްކޮށްފައި ވަނީ ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި އައިޑިއާސް ޖަމިއްޔާ އާއި ކެލާ ރައްޔިތުން ގުޅިގެންނެވެ. މި ފިނި މައިޒާން އަކީ ކެލާ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ސުކޫލުދޮށަށް އައިސް މަޑުކޮށްލާގެން ތިބެން ބޭނުންކުރާ މައިޒާނެކެވެ. އެޖަމިއްޔާއިން ބުނީ މިއީ މީގެ 15 ވަރަކަށް އަހަރު ކުރިން ރައްޔިތުންނާއި ރަށު އޮފީސް […]

އިބްރާހިމް އަސްވާޤް
ކަރު ބުރިކުރާށާއި ހުޅުޖެހުމަށް ގޮވާއިރު ބަލަން ތިބުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް: ނިހާދު

ކަރު ބުރިކުރާށާއި ހުޅުޖެހުމަށް ގޮވާއިރު ބަލަން ތިބުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް: ނިހާދު

ކަރު ބުރިކުރުމާއި ހުޅުޖެހުމަށް ގޮވައި، ޤާނޫނާއި ޚިލާފު އެތައް ކަމަކަށް ހިތްވަރުދެމުން ދާއިރު ބަލަން ތިބުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައަދު ނިހާދު ވިދާޅު ވެެއްޖެއެވެ. މެންބަރު ނިހާދު މި މޭރުމުން ޓުވީޓެއް ކުރަށްވާފައި މިވަނީ ރައީސް ޞާލިޙްގެ ހަށިކޮޅުގައި ހުޅު ޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލަ ފުލުހުން ބަލަން ފަށާފައި ވަނިކޮށެވެ. ނިހާދު ވިދާޅުވީ ކަރު ބުރިކުރުމާއި ހުޅުޖެހުމާއި […]

އަލީ އާދިލް
ރާއްޖޭގައި އުފައްދާ ކަރަންޓުގެ މަދުވެގެން %24 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ އަމާޒެއް: ޑރ. ޙުސެން

ރާއްޖޭގައި އުފައްދާ ކަރަންޓުގެ މަދުވެގެން %24 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ އަމާޒެއް: ޑރ. ޙުސެން

2023 ނިމުމުގެ ކުރިން ރާއްޖޭގައި އުފައްދާ ކަރަންޓުގެ މަދުވެގެން %24 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަ ޑރ. ޙުސެން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޑރ، ޙުސައިން މިހެން ވިދާޅުވީ “ހަ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއްޖެ” މި ސުރުޚީގެ ދަށުގައި ނޫހަކުން ގެނެސް ދީފައިވާ ޚަބަރެއް ޓުވީޓާގައި ހިއްސާ ކުރަށްވަމުން ކުރެއްވި ޓުވީޓެއްގައި އެވެ. މިނިސްޓަރު ޑރ. ޙުސައިން ވިދާޅުވީ 2023 ގެ […]

ޝިއުނާ އާދަމް
"1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި!

"1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި!

މުޅި ތަނުގައި އެއްއަޑަކަށް ގުގުމާފައި ހުރީ، ފޯނުކޯލްތަކަށް ޖަވާބުދިނުމަށް ހަރަކާތްތެރިވި ހީވާގި މަސައްކަތްތެރިންގެ އަޑެވެ. ފެނިގެން ދަނީ އާއްމުންގެ ފޯނު ކޯލުތަކަށް އިޖާބަ ދިނުމަށް އެ މުވައްޒަފުން ހަލުވިކަމާއި، ފަރިތަކަމާއި އެކުހަރަކާތްތެރިވަމުންދިޔަ މަންޒަރެވެ. މިއީ، ދަރުބާރުގޭގެ ދެވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ ކޮވިޑް ކޯލްސެންޓަރަށް ދިޔަ އަޅުގަނޑާއި، އެކުވެރި ނޫސްވެރިންގެ ޓީމަށް ތަޖުރިބާކުރެވުނު ކަންކަމެވެ. އެތަނަށް ވަނުމާ އެކު ހިތަށް ވެރިވެގެންދިޔައީ ތަފާތު އިހުސާސްތަކެކެވެ. ކޯލް ސެންޓަރ...

ތިލަދުން
ރައީސްގެ ހަށިކޮޅުގައި ހުޅު ޖަހަން ބުނި މައްސަލައެއް ބަލަނީ

ރައީސްގެ ހަށިކޮޅުގައި ހުޅު ޖަހަން ބުނި މައްސަލައެއް ބަލަނީ

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. އެހެން ބުނެ އެމީހާ ވާހަކަ ދައްކާފައި ވަނީ ޗެނަލް13 އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ކިޔާ ޕްރޮގްރާމަކަށް ގުޅައިގެން ދެއްކި ވާހަކާގައި އެވެ. އެމީހާ އެހެން ބުނެފައި ވަނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ޕްރެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެ […]

ޔުމްނާ ޢަލީ
ފްލައިމީގެ ފުރަތަމަ އިންޓަނޭޝަލް ދަތުރު ކޮލަމްބޯއަށް

ފްލައިމީގެ ފުރަތަމަ އިންޓަނޭޝަލް ދަތުރު ކޮލަމްބޯއަށް

ފްލައިމީ އަށް އެއާ އޮޕަރޭޝަން ސެޓްފިކެޓް (އޭއޯސީ) ލިބުމާއެކު، އިންޓަނޭޝަނަލް ފުރަތަމަ ދަތުރު މިއަދު ކޮލަމްބޯއަށް ބާއްވައިފިއެވެ. ފްލައިމީ އަށް އިންޓަނޭޝަނަލް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ އިއްޔެއެވެ. ފްލައިމީއަށް ބޭރުގެ އުދުހުންތަކަށް ހުއްދަ ލިބުމާއިއެކު މިއަދު ބޭއްވި އެ އެއަރލައިންގެ ފުރަތަމަ އިންޓަރނޭޝަލް ދަތުރުގެ ގޮތުގައި ބާއްވާފައި ވަނީ ޗާޓަރު ފްލައިޓެކެވެ. މި ފްލައިޓް މި ދިޔައީ ލަންކާގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ސްރީލަންކާގެ ބޯޑަރު ހުޅުވުމާއެކު ލަންކާގެ ރަޓަމަލާނާ އި...

ޙުސައިން ޝަހުދީ
އިންޑިއާ "އައުޓް" ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ފިލައިފި: ޝިފާޢު

އިންޑިއާ "އައުޓް" ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ފިލައިފި: ޝިފާޢު

އިންޑިއާ “އައުޓް” ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފިލާފައިވާ ކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އިދިކޮޅަށް ފާޑުވިދާޅުވެއްޖެ އެވެ. އިދިކޮޅުން ފަށާފައިވާ “އިންޑިއާ އައުޓް” ކެމްޕޭނާއި ގުޅިގެން މެންބަރު ޝިފާޢު އިދިކޮޅަށް ފާޑުވިދާޅުވެ ވަނީ އިދިކޮޅުން ފިލާފައިވާ ކަމަށް ވިދާޅުވެ ސުވާލު އުފަށްދަވާފައެވެ. ޝިފާޢު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާ އައުޓް ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފިލީ ކީއްވެތޯ...

އަލީ އާދިލް
ވަރުދާގެ ބަދިގެއިން ބަނބުކެޔޮ ރިހަ

ވަރުދާގެ ބަދިގެއިން ބަނބުކެޔޮ ރިހަ

ބަނބުކެޔޮ ރިހައަކީ އާންމު ކެއުމުގެ ބާވަތެއް ނަމަވެސް، ވަރުދާ ކިޔައިދޭ ގޮތަށް ތައްޔާރު ކޮށްލުމުން ރަހައަށް އިތުރު މީރުކަމެއް އަންނާނެ ކަމާމެދު މިހާރު ވަރުދާ ކިޔައިދޭގޮތަށް ކާނާ ތައްޔާރުކުރާ އެއްވެސް ބޭފުޅަކު ދެބަހެއް ނުވާނެއެވެ. އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ […]

ޝިއުނާ އާދަމް