ސައިކުރާ ކިޔުނު ގޮތް
ކޯރެއްގެ ސާޙިލެއްގައި ހަނދުއޮއްސެމުން އެދިޔައިރު ރޮއިރޮއި އެއިން ޒުވާނެއް ޢިބްރަތުގެ ދަރުސަކަށްވީ ފުރަތަމަވެސް ޚިޔާލަށް ގެނެވުނީ “ޔަމަނުގެ މަޢްޞޫމާ” ގެ މިބައިތެވެ. ޅެން ހެއްދެވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. ސައިކުރާ އަކީ މާލޭގެ މަޝްހޫރު އާއިލީ ނަމެކެވެ. މިއާއިލާއަށް ސައިކުރާގެ ނަން ވަދެފައިވާ ކަމަށް ލަފާކުރެވެނީ މީގެ ދޮޅު ގަރުނެއްހައި ދުވަސް ކުރީންނެވެ. ސައިކުރާ އިބްރާހީމް ނަޢީމުގެ މުނިކާފަ އަހަންމަދުފުޅާ ހިސާބުންނެވެ. މިހެންވެސް ލަފާކޮށްލާން މިޖެހުނީ ސައިކުރާ އިބްރާހީމް ނަޢީމުގެ ބައްޕަ ސައިކ...