ކަނޑައެޅިފައިވާ ވަގުތުގައި ކުނި ބޭރަށް ނެރުމަށް ވެމްކޯއިން އެދިއްޖެ
ކުނި ނަގަން ކަނޑައަޅާފައިވާ ވަގުތުތައް ނޫން ވަގުތު ތަކުގައި ބައެއް ފަރާތްތަކުން މަގުމައްޗަށް ކުނި ނެރެމުން އަންނާތީ އެކަން އެގޮތައް ނުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސް ކުރައްވައިފި އެވެ. ވެމްކޯގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ ވޭސްޓް ކަލެކްޝަން މޭނޭޖަރު މުހައްމަދު ޝާން ވިދާޅުވީ ވެމްކޯ އިން ދަނީ އެއްވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށާއި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެންގެ ރައްކައުތެރި ކަމަށ...