ޖަލުތަކަށް ފޯނާއި، ސިމް ކާޑާއި އަދި ޑްރަގް ވައްދާ ވިޔަފާރިކުރާ ފަރާތްތައް ހޯދެން ނުޖެހޭ ސަބަބެއް ނެތް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެންވިދާޅުވީ "ޖަލުތަކުގެ މުވައްޒަފުން ވިސްލްބްލޯކުރުމާބެހޭ ޤާނޫނުނަށް އަހުލުވެރި ކުރުވަނީ" ސުރުޚީ ދަށުން ގެނެސްފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައި އެވެ.
ނިހާދު ވިދާޅުވީ ޖަލުތަކަށް އެފަދަ ތަކެތި ވައްދައި ވިޔަފާރިކުރާ މީހުން ހޯދެން ނުޖެހޭ ސަބަބެއް ނެތްކަމަށާއި، ކިޔައި އުޅެނީ އެ ވިޔަފާރިއަކީ ޖަލު ބަލަހައްޓާ ވެރިންގެ ނެޓްވޯކަކުން ހިންގާ ބޮޑު މަންފާއެއް ލިބޭ ވިޔަފާރިއެއް ކަމަށް ކަމަށެވެ.
ޖަލުތަކުން ކުދިން އިސްލާޙްވެ މުޖުތަމައަށް ނުކުންނަ މަންޒަރު ދެކެން ބޭނުންވާ ކަމަށް ވެސް ނިހާދު ވަނީ ވިދާޅުވެފައެވެ.
"ޖަލުތަކަށް ފޯނާއި، ސިމް އަދި ޑްރަގް ވައްދާ ވިޔަފާރިކުރާ ފަރާތްތައް ނު ހޯދެންޖެހޭ ސަބަބެއް ނެތް، ކިޔައި އުޅެނީ އެ ވިޔަފާރިއަކީ ޖަލު ބަލަހައްޓާ ވެރިންގެ ނެޓްވޯކަކުން ހިންގާ ބޮޑު މަންފާއެއް ލިބޭ ވިޔަފާރިއެއް ކަމަށް، ކުދިން އިސްލާޙްވެ މުޖުތަމައަށް ނުކުންނަ މަންޒަރު ދެކެން ބޭނުން."
=މުޙައްމަދު ނިހާދު، ފޭދޫ ދާއިރާގެ މެންބަރު=
Jalu thakah phone aai Sim adhi Drug vahdhai viyafaari kuraa faraaih thah nuhoadhen Jehey sababeh neih! Kiyai ulhenee e viyafaari akee Jalu balahattaa veringe network akun hingaa bodu manafaa libey viyafaari eh kamah! Kudhin islaahu ve mujuthamau ah nikunna manzaru dheken beynun! https://t.co/0IFUiJcx45
— Feydhoo Meehaa (Mohamed Nihad) (@nihad_m) September 9, 2020
ޖަލުތަކަށް ޑްރަގާއި، ފޯނާއި އަދި ސިމްކާޑް ވައްދާ މައްސަލައަކީ ދޭތެރެ ދޭތެރެއިން ފެން މަތިވަމުން އަންނަ މައްސަލައެކެވެ. ކަރެކްޝަންސް އިން އަންނަނީ ދޭތެރެ ދޭތެރެއިން ޖަލަށް މިގޮތަށް ވައްދަން މަސައްކަތްކުރާ ތަކެތި އަތުލައި ވެސް ގަންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!