އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުޓާދެމެދު މިމަހުގެ ފަހުކޮޅު ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެކަމަށް ޓާރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ޓާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ މިކަމާގުޅޭ އެންމެ ފަހުގެ މަޝްވަރާތަކާއި ތައްޔާރީތަށް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާވަނީ ކުޅުދުއްފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި މިކަމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

ޓްރާންޕޯޓް މިނިސްޓްރީން ވިދާޅުވީ މިމަހުގެ ފަހުކޮޅު، ފުރަތަމަ ކާގޯ ފެރީ ބާއްވާނެކަމަށެވެ. އަދި މިވަގުތަށް ޢަމާޒުކޮށްފައިވަނީ މަހަކު ދެ ފެރީ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ބޭއްވުމަށްކަމަށް ކަމަށެވެ. ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާގޯ ފެރީތަކެއްކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަމަހުގެ 20 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ހިދުމަތް އެންމެ ފުރަތަމަ މާލެއަށް ފަށާއިރު ކޮންމެ 10 ދުވަހަކުން މި ބޯޓުން ދަތުރެއް ފުރިހަމަ ކުރާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ހދ. ކުޅުދުއްފުށްޓައް ވެސް މި ހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. އިންޑިއާގެ ޝިޕިން ކޯޕަރޭޝަންގެ ބޯޓެއްގައި މި ފެރީގެ ޚިދުމަތް ސެޕްޓެމްބަރު މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި މި ބޯޓަކީ 20 ފޫޓުގެ 200 ކޮންޓޭނަރާއި 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭނެ ބޯޓެއް ކަމަށް މި ޓްވީޓުގައި ވަނީ ބުނެފައެވެ.

އިންޑިއާގެ ހައި ކޮމިޝަނުން މީގެކުރިން މިހެންބުނެފައިވީނަމަވެސް މިކަން ބަދަލުވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ތިލަދުން | Thiladhunކޮޗިން ކާގޯ ފެރީ: އަންނަ މަހުގެ ފަހުކޮޅު، ފުރަތަމަ މާލެއަށްރާއްޖެ އާއި އިންޑިއާ އާ ދެމެދު ފެރީގެ ޚިދުމަތް ސެޕްޓެމްބަރު މަހުގެ ތިންވަނަ ހަފްތާގައި ފެށިގެންދާނެ ކަމަށް އިންޑިއާގެ ސަރުކާރުން ބުނެފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝ...

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފައިވަނީ ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރަނީ ބޮޑެތި ފެރީތައްކަމަށްވުމުން ކުޅުދުއްފުށީ ބަނދަރަށް އެފެރީތައް ނުވެއްދޭނެކަމަށެވެ. އެހެންކަމުން މުދާ އަރުވާ ބޭލުމުގައި ބޭނުންކުރާނީ ޓަގުބޯޓާއި ބާޖުކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެފައިވެ އެވެ. އިންޑިއާގެ ކޮޗިންއާ ކުޅުދުއްފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ ރާއްޖޭގެ ލޯކަލް އެޖެންޓަކީ ދާދިފަހުން އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ދައުލަތުގެ މީޑީޔައަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކޮޗިންއިން އަންނަ ބޯޓު ފުރަތަމަ ކައިރިކުރާނީ ކުޅުދުއްފުއްޓަށްކަމަށެވެ. އަދި އެއަށްފަހު މާލެ ބަނދަރަށްވެސް ކައިރިކުރާނެކަމަށެވެ. މި ދަތުރުތައް މަހަކު ދެ ފަހަރު އިންޑިއާއާއި ރާއްޖެއާދެމެދު ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުއޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ދެ ޤައުމުން ޤަބޫލުކުރެއެވެ. ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި ފަށާ މިޚިދުމަތާއެކު، ވިޔަފާރީގެ ގޮތުން އުތުރުގެ ރައްތަކަށް އިތުރު ކުރިއެރުންތަށް ލިބޭނެއެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށާއި، އިންޑިއާ މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓަށް ނެރުމުގެ ފުރުސަތުވެސް ފަސޭހަކަމާއިއެކު ފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުވެސް ހެޔޮވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށްވުމާއެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ކުޅުދުއްފުއްޓާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް ފަށަން މަސްކަތް ކުރުމަށް ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގައި ދެގައުމުން ސޮއިކޮށްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރުގެ ޖޫން މަހު 7 ވަނަ ދުވަހު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެވެ. އެ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެެމްއޯޔޫ، ކުރިން އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދަން ކެބިނެޓުން ރުހުން ދީފައިވަނީ 03 ޖުލައި 2019 ވަނަދުވަހުއެވެ.

އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ. އެ ނިޒާމު ގާއިމް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އިންޑިއާއާ މަޝްވަރާ ކުރި އެވެ. މަތިއުތުރު ސަރަޙައްދުގެ ކާގޯ ފެރީ ޓާމިނަލްގެ ބިންގާ ކުޅުދުއްފުށީގައި އަޅާފައިވަނީ 2011 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ.

އިންޑިޔާއާއި ރާއްޖެއާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލަމުންނެވެ.