އިހަވަންދޫ ޔުނައިޓެޑް ޔޫތުން އީ.ޕީ.އެލް ފެންޓަސީ ލީގެއް ކުރިއަށް ގެންދަނީ
ހއ.އިހަވަންދޫގެ ފެންޓަސީ މެނޭޖަރުންނަށް ހުޅުވާލައިގެން އީ.ޕީ.އެލް ފެންޓަސީ ލީގެއް ،މައި ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން އިއުލާން ކޮށްފިއެވެ. އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް މި މަހުގެ ދެވަނަ ދުވަހު ހުޅުވާލި ބައިވެރިވުމުގެ ފުރުސަތު މާދަމާ އަށް ހަމަވާނެއެވެ. މި ލީގުގައި ބައިވެރިވުމަށްޓަކައި މާދަމާ ރާއްޖޭ ގަޑިން 1630 ގައި ފަށާ އިނގެރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ފެށުމުގެ ދޮޅު ގަޑިއިރު ކުރިން ފެންޓަސީ ޓީމެއް ހަދައި […]