ކޯވިޑް-19 ގެ ސަބަބުން ހީނަރުކަން ކުރިމަތިވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމުގައި ބައިވެރިވެ، ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްދިނުމުގެ ގޮތުން އުރީދޫ އިން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ބައިނަލްއަގުވާމީ ކެމްޕޭނެއް ފަށައިފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް އުރީދޫއިން ފެށި މިކެމްޕޭން އުރީދޫ އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަން މީހުންނާ ހަމަ އަށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫއިން މި ކެމްޕެއިން ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިތުރުން އޯކާ މީޑިއާ ގްރޫޕާ ގުޅިގެންނެވެ.
މިކެމްޕެއިންގެ ތެރެއިން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކުގެ ކަސްޓަމަރުންނަށް، އުރީދޫގެ މީޑިއާ ޕާޓްނަރުންގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ނަލަކަމާއި، ޗާލުކަން ދައްކުވައިދީ ރާއްޖެ އިސްތިހާރު ކޮށްދޭނެއެވެ. އަދި ރާއްޖޭގެ ހިތްގައިމު ރީތި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައްވެސް އުރީދޫގެ އެތައް ހާސް ކަސްޓަމަރުންނަށް ފެންނާނެހެން ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިގޮތުން ޝޯސަލްޑިއާގައި ހިއްސާކުރެވޭ ޕޯސްޓް ތަކަށް ކޮމެންޓްކޮށް ޝެއާރ ކުރާ ފަތުރުވެރިންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގެ ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބި، ތަފާތު އެކި ހަދިޔާތައް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
The impact of the pandemic on the tourism sector has been felt by families across Maldives. We're honored to join national efforts to restart tourism in Maldives with an exciting destination marketing campaign targeting over 117 million Ooredoo customers across 10 countries. pic.twitter.com/S2cPCvPb9g
— Ooredoo Maldives (@OoredooMaldives) September 10, 2020
މި ކެމްޕޭނާއި ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މި ކެމްޕޭންގެ ސަބަބުން ގިނަ ޓޫރިސްޓުންތަކެއް ރާއްޖެ އައުމަށް ހިތް ޖެހި، ރާއްޖެއަކީ ދުނިޔެ މި އޮތް ހާލަތުގައި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މާހައުލެއްކަން ދައްކައި ދެވޭނެ ކަމަށެވެ. އަދި ފަތުރުވެރިންގެ ރައްކާތެރިކަން ގާއިމް ކުރުމަށް ރާއްޖެއިން ވަނީ އެތަކެއް ފިޔަވަޅުތަކެއް އަޅާފައި ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބު ޙާން ވިދާޅުވީ، ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސް، ގިނަ އާއިލާތަކަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި މި ކެންޕެއިންގެ ސަބަބުން އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ. އެހެންކަމުން މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން "ވިސިޓް މޯލްޑިވްސް ނައު" ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގަ" ނަޖީބް ޙާން ވިދާޅުވި އެވެ.
"ވިޒިޓް މޯލްޑިވްސް ނައު" ކެންޕެއިންގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން އިއާދަކުރުމެވެ. މި ކެންޕެއިން ކުރިއަށްދާނީ ސެޕްޓެންބަރު 2020 އިން ފެށިގެން 2021 ގެ ކުރީކޮޅުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!