ތޫނު ހަތިޔާރާއިއެކު މަސްދޯންޏަށް އެރި މައްސަލައިގައި ތިން މީހުން ހައްޔަރަށް
ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބުދު ﷲ ޖާބިރު ބައްލަވައިގެންފައިވާ ކަމަށް ބުނާ ދޯންޏަކަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، ތޫނު ހަތިޔާރާއިއެކު ބަޔަކު އެ ދޯންޏަށް އެރި މައްސަލާގައި ތިން މީހުން ހައްޔަރު ކޮށްފިއެވެ. އެ މައްސަލައާއި ގުޅިގެން ތިން މީހަކު ރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. އަދި ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ […]