ވެރިންގެ އަބުރު ކަތިލުމަށް، މަދު ބަޔަކު ހިންގަމުންދަނީ ނާތަހުޒީބު ފިނޑި އަމަލެއް: ފެނަކަ
ފެނަކަ ކޯޕަރޭޝަނާއި ބެހޭ ގޮތުން ހަގީގަތާ ހިލާފު، ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރާ، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ އަބުރު ކަތިލުމަށް، މަދު ބަޔަކު އަޑީގައި ތިބެގެން ހިންގަމުންދަނީ ނާތަހުޒީބު ފިނޑި އަމަލެއްކަމަށް އެކުންފުނިން ބުނެފި އެވެ. އެ ކުންފުނިން މި ގޮތަށް ބުނެފައި ވަނީ ބައެއް އޮންލައިން ނޫސްތަކުގައި ފެނަކައާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ފަތުރާފައިވާކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ. ފެނަކައިން ބުނެފައިވަނީ މިހާރު މެނޭޖްމެންޓުން ކުންފުނި ހިންގަން ހަވާލުވުމަށް ފަހ...