އިންޓަނެޓުގެ އެންމެ ހަލުވި ސްޕީޑް ގެނެސްދޭ ޓެކްނޮލޮޖީ 5ޖީ ޚިދުމަތް، އުރީދޫ މޯލްޑިވްސްއިން މާލެއަށް ތަޢާރަފުކޮށް، މުއާސަލާތުގެ ދާއިރާއިން އެ ކުންފުނިން މުހިންމު އިތުރު ހަރުފަތަކަށް ވާސިލްވެއްޖެއެވެ.
އެކަމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ފައްޓަވައި ދެއްވީ، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލްއެވެ.
އުދީދޫގެ 5ޖީ ޚިދުމަތަކީ ކޮމާޝަލީ ބޭނުން ކުރެވޭގޮތަށް ތައާރަފު ކުރި ފުރަތަމަ 5ޖީ ހިދުމަތެވެ. އަދި މި ޚިދުމަތާއެކު އިންޓަނެޓް އަދި ސެލިޔުލާ ހިދުމަތް މިހާރަށްވުރެ ފަސޭހަ ކަމާއެކުު، އަވަސްކަމާއެކު ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން އެ ރަސްމިއްޔާޓުގައި ވިދާޅުވީ، ފާއިތުވެދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާއަކުން ވެސް ޑިޖިޓަލް ނިޒާމަށް ބަރޯސާވެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތާއެކު އޮންލައިންކޮށް ހޯދާ ހިދުމަތްތައް ގިނަވި ކަމަށާއި އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވިކަމަށް އޭނާ ވިދާޅުވިއެވެ.
އުރީދޫ އިން މަސައްކަތް ކުރާނީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 5ޖީ އާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ނަޖީބް ޚާން ވިދާޅުވިއެވެ.
“Today, with the introduction of Ooredoo 5G we welcome a new digital age in the Maldives. It is the beginning of a new era of digital which has the potential to transform the way we do things, across every single industry. " MD & CEO, Najib Khan pic.twitter.com/O6zhpeV3ZE
— Ooredoo Maldives (@OoredooMaldives) December 20, 2020
އުރީދޫން މިއަދު ބޭއްވި ރަސްމިއްޔާތުގައި 5ޖީ ހޯމް ބްރޯޑް ބޭންޑް ސާވިސް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މި ހިދުމަތް ތައާރަފުކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މި ހިދުމަތް ގޭގޭގެ އިތުރުން ވިޔަފާރި ތަކަށް ވެސް ދޫކުރާނެ ކަމަށް އުރީދޫން ހާމަކުރަށްވައެވެ.
އުރީދޫން 5ޖީ ފޯރުކޮށްދޭ ސަރަހައްދުތަކުގެ ޗާޓު، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!