މުވާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސްއިން ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް 5ޖީ އަދި ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ 5ޖީ ފޯނުތައް ޕްރީ އޯޑަރަށް މިއަދު ހުޅުވާލައިފި އެވެ. އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެންމެ ހަލުއި މޮބައިލް ނެޓްވޯކް ކަމަށްވާ 5ޖީ ލިބޭ ސެމްސަންގް ފަހުގެ ފޯނު އެ ކުންފުނިން އޮންލައިންކޮށް މިހާރު ޕްރީއޯޑަރު ކުރެވޭނެ އެވެ. އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ފޯނުތަކަށް މި ފޯނުތަކަށް ޕްރީ […]
ހުސައިން ހަބީބް
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލިސްއިން ފާސްކުރި އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލުގައި ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި މިހާރު ވެސް ބިލު އޮތް ގޮތުނ...
އަޙްމަދު ވަހީދު
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވައި، އެމަނިކުފާނުގެ މައްޗަށް އެ މައްސަލާގައި ކްރައިމިނަލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ. އެ ހުކުމް ދަމަހައްޓާފައި ވަނީ މިއަދު ހައިކޯޓުން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލިސްގައެވެ. މި މައްސަލާގައި ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސްއަހަރުގެ ޖަލު ހުކުމ...
އަލީ އާދިލް
ކ. މާފުށިން ރިޔަލު ދޯންޏެއްގައި އެކަނި މަހަށް ނުކުތް 81 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފުން ވިދާޅުވީ 18 ފޫޓުގެ ރިޔާ ދޯންޏެއްގައި ކ. މާފުށިން މަހަށް ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުން ގެންދާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބުނީ މިއަދު މެންދުރު ފަހު 14:08 ހާއިރުއެވެ. އެ މީހާ މަހަށް ފުރީ ފަތިހު 5:30 އެހާކަންހާއިރު އެވެ. އޭގެ ފަހުން މިވަގުތާއި […]
ޔުމްނާ ޢަލީ
ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް (އައިއޭއެސް)އަށް، ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) އެއް ހޯދަން އިއުލާނުކޮށްފި އެވެ. އައިއޭއެސްއަށް ސީއެފްއޯ އެއް ހޯދަން އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ހަމަ އެކަނި ދިވެހިންނަށް ކަމަށެވެ. ސީއެފްއޯގެ މަގަމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މަގާމަށް ކުރިމަތި ލުމަށް އެދޭ […]
ޔުމްނާ ޢަލީ
ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން ބުނެފި އެވެ. އެމްޓީސީސީއިން ބުނީ މުޅި މަޝްރޫއުގެ 70 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދުގައި ޕޭމަންޓް އެޅުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ތެރޭގައި 55،163 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 356 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ އިތުރުން 182 މީޓަ...
ޖަލްވާން ޖާދުﷲ
ތިން ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލްކޮޔާނޯ އަތުން 2-1 ބަލިވެ، މަޝްހޫރު އަދި އަގުބޮޑު އެތައް ކުޅުންތެރިންނެއް ހިމެނޭ ރެއާލް މެޑްރިޑް ސުޕެނީޝް ކަޕުން ކަޓައިފި އެވެ. މުބާރާތުގެ ގަދަ 32 ޓީމް ވާދަކުރާ ބުރުން ކުރިއަށްނުދެވި ރިއާލް ކެޓި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފް ކުޅުނު މެޗުގައި ރެއާލް ބަލިވީ މިލިޓާއޯގެ ލަނޑުން ފުރަތަމަ ލަނޑު ޖަހާ ލީޑްވެސް ނަގާފައިވަނިކޮށެވެ. މެޗުގެ 80 […]
ހުސައިން ހަބީބް
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަށް ތަމްރީން ހޯދުމަށް، އޮންލައިން ކޮށް ކިޔަވައިދޭ ކޯސް ތަކެއް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ތައާރަފް ކޮށްފި އެވެ. މިގޮތުން އެމްއައިޓީ އިން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ 10 ދާއިރާއަކުން ކޯސް ތައާރަފު ކޮށްފަ އެވެ. ހަ މަސް ދުވަހުގެ މުއްދަތުގެ ކުރިއަށް ގެންދާ މި ކޯސްތަކަށް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1500 ރުފިޔާ އެވެ. އެމްއައިޓީ ބުނެފައިވާ ގޮތުގައި ދަރިވަރުން މި ކޯސްތަކަށް ރަޖިސްޓަރީ ވާ […]
ޝިއުނާ އާދަމް
މިއަދު އަޅުގަޑުމެން ދިރިއުޅެމުން ގެންދަންޖެހިފައި މިވަނީ ވަރަށް ހަލަބޮލި މާހައުލެއްގައެވެ. ދިމާވަނީ ހިތްހަމަނުޖެހުމުން ފުރިފައިތިބޭ މީހުންނާއެވެ. އުޅެންޖެހިފައިވަނީ ނުހަނު އަވަދިނެތި، ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެއީ މިއަދުގެ ހަގީގަތެވެ. އަޅާލުމާއި ލޯތްބަކީ މިއަދު ތަދު އެއްޗެކެވެ. އެހެންނަމަވެސް، އިންސާނީ ޠަބީޢަތް ލާޒިމުކުރާފަދައިން ކޮންމެ އިންސާނަކީ ވެސް އުފާވެރިކަމާއި ހިތްހަމަޖެހުމަށް ފެންބޮވައިގެންފައިވާ މީހެކެވެ. ނަފްސާނީގޮތުން މީހާ “ހަލާކުކޮށްލި” ތަޖުރިބާތަކެއް ތަހައްމަލު ކުރަންޖެހުމުގެ...
މުޙައްމަދު ޝިހާބް
ވޮޝިންޓަން (ޖެނުއަރީ 20) – އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ހެރިސް ކުރައްވައިފި އެވެ. ރާއްޖޭ ގަޑިން މިރޭ 10:00 އެހާއިރުއޮތް އެ ރަސްމިއްޔާތުގައި ހެރިސްއަށް ހުވާ ލާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސޯނިއާ ސޮޓޮމަޔާ އެވެ. އެ ރަސްމިއްޔާތު ކުރިއަށް ދިޔައީ އެމެރިކާގެ ކޮންގްރެސް އިމާރާތުގެ ވެސްޓް ފްރަންޓް މައިދާނުގައެވެ. ހެރިސްއަކީ އެމެރިކާގެ ފުރަތަމަ އަންހެން، ފުރަތަމަ ކަޅު ނަސްލުގެ އަދި ފުރަތަމަ ދެކުނު އޭޝިއާ ދަރިކޮޅުގެ ނައިބު ރައީސެވެ. […]
ހުސައިން ހަބީބް
ވޮޝިންޓަން (ޖެނުއަރީ 20) – އެމެރިކާގެ 46 ވަނަ ރައީސްގެގޮތުގައި ޖޯ ބައިޑެން، ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ. އެ ރަސްމިއްޔާތު އޮތީ އެމެރިކާގެ ގަޑިން މެންދުރު 12:00 ގައެވެ. އެއީ، ރާއްޖޭ ގަޑިން މިރޭ 10:00 އެހާއިރުއެވެ. އަދި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާގެ ކޮންގްރެސް އިމާރާތުގެ ވެސްޓް ފްރަންޓް މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ބައިޑަން، 78، އަށް ހުވާ ލައިދެއްވީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ. ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ […]
ހުސައިން ހަބީބް
އިންޑޮނޭޝިޔާގެ ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ބާލީގައި މަސްކު ނާޅާ ފަތުރުވެރިންނަށް އެ ރަށުގެ ފުލުހުން މިހާރު ދެނީ ތަފާތު އަދަބެކެވެ. އެއީ 50 ޕުޝްއަޕް ހެދުމެވެ. ހަށިގަނޑުގެ އަތުގެ އިތުރުން ބަނޑުގެ މަސްތަކުގެ އެހީގައި އުއްޑުން އޮވެ ގައި ނުޖައްސާ ތިރިވުމަށްފަހު އަލުން މައްޗަށް އެރުމުން ގުނާ ޕުޝްއަޕްއަކީ ގިނަ ބަޔަކަށް ކުރަން އުނދަގޫ ކަސްތަރެކެވެ. މީސްމީޑިޔާގައި މި ވަގުތު ދައުރުވަމުންދާ ވީޑިޔޯ އަދި ފޮޓޯތަކަށް ބަލާއިރު، ގިނަ ޢަދަދެއްގެ ފަތުރުވެރިން ސޯޓު އަދި ޓީޝާޓު ލައިގެން […]
މުޙައްމަދު މާއިލް ހަސަން
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުލަވައިލައްވައިފި އެވެ. އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވާ ރައީސް އޮފީހުން އިޢުލާން ކުރައްވާފައިވަނީ މިއަދު އެވެ. ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވައިލައްވާފައި ވަނީ: 1. އަލްފާޟިލާ އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި) 2. ޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ) 3. އަލްފާޟިލާ މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ....
އިބްރާހިމް އަސްވާޤް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އަށް 7 ވެށިފާރަވެރިން ހޯދަން އިޢުލާންކޮށްފިއެވެ. ވެމްކޯއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި 7 މީހުން ހޯދަނީ ސައުތް ރީޖަނަލް އޮޕަރޭޝަންސް، ހިތަދޫ ގައި މަސައްކަތްކުރުމަށް ކަމަށެވެ. ވެމްކޯއިން ބުނީ ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔާކަމަށާއި މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންކަމަށެވެ. “ވެށިފާރަވެރިޔާ” މަޤާމަށް މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި މަހަކު -/9,000 ރުފިޔާ (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު...
ޝިއުނާ އާދަމް
ކޯވިޑް-19އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް، “ކޮވިޝީލްޑް” ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެ ގެނެސްފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ކަން ހާމަކުރެއްވީ، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނާ ޙިއްޞާކުރެއްވުމަށް މިއަދު މެންދުރުފަހު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވެ ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ދީލަތި އެހ...
އަލީ އާދިލް
ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ”މަންސަފާ”ގެ ނަމުގައި އުނގަންނައި ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ފުރުޞަތުގެ ބޭނުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިފޭނޭހެން، އެ ޖަމިއްޔާއިން ފަށާ މި ހަރަކާތަކީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ”އޭ” ލެވެލް އަދި ”އޯ” ލެވެލް އިމްތިހާނަށް ތައްޔާރުކޮށް ދިނުމަށް އެހީތެރިވުމަށް ފަށާ ހަރަކާތެކެވެ. މިގޮތުން މި ހަރަކާތުގެ ދަށުން އެހީތެރިކަމަށް އ...
ޙުސައިން ޝަހުދީ
ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި ގދ. ތިނަދޫ، ގެލަ، އާމިނަތު އަބްދުﷲ ޒުހައިރު އެ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަން ކުރައްވައިފި އެވެ. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 88 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް، އާމިނަތު އަބްދުﷲ ޒުހައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ މިއަދު އެވެ. ޓްރައިބިއުނަލްގެ ނައިބް ރައީސްކަމަށް އައްޔަނު ކުރައްވާފައިވަނީ އެޓްރައިބިއުނަލްގެ މެންބަ...
ޔުމްނާ ޢަލީ
ހއ. އަތޮޅު ހޮސްޕިޓަލުން ދޭ އެކްސްރޭގެ ހިދުމަތް މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށް އިތުރު އެކްސްރޭ މެޝިނެއް އެ ހޮސްޕިޓަލަށް ފޮނުވައިފިއެވެ. ހެލްތު މިނިސްޓްރީއިން، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް އާ ޕޯޓެބަލް އެކްސްރޭ މެޝިނެއް ފޮނުވާފައި ވަނީ އިއްޔެއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، އަލަށް އެ ހޮސްޕިޓަލަށް ލިބުނު އެކްސްރޭ މެޝިންގެ ސަބަބުން އެ ހޮސްޕިޓަލުން އެކްސްރޭ ނަގަންޖެހޭ ބަލި މީހުންނަށް އެ ހިދުމަތް މެދު ނުކެނޑި ލިބޭނެ މަގު […]
ޙުސައިން ޝަހުދީ