މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,410 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1754 ވަނަ ޞަފްޙާ

މާދަމާއިން ފެށިގެން މާލެއިން ކުނި ނަގާނީ ރޭގަނޑު 8:30 ގައި

މާދަމާއިން ފެށިގެން މާލެއިން ކުނި ނަގާނީ ރޭގަނޑު 8:30 ގައި

ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭއިން އަޅަފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެމްކޯއިން މާލޭގައި ކުނި ނަގާ ވަގުތުކަށް ބަދަލު ގެނެސްފިއެވެ. އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މާދަމާއިނން ފެށިގެން ކުނި ނަގާނީ ރޭގަނޑު8:30 އިން9:30 އަށް ކަމަށެވެ. އެހެންކަމުން އެ ވަގުތުތަކުގައި ގެތަކުން ކުނި ނެރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު ވެމްކޯއިން ވަނީ ކުނި ނަގަން ވަކ ވަކި އެޕާޓްމަންޓުތަކަށް ދިއުން ހުއްޓާލައިފައެވެ. އެހެންކަމުން މިހާރު ކޮންމެ ގެއަކުންވެސް ކުނި ބަހައްޓަ...

އަޙްމަދު ވަހީދު
ކޭއާރުއެޗް މުވައްޒަފުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކޭއާރުއެޗް މުވައްޒަފުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ގެ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރިއަށް ގެންގޮސްފި އެވެ. ފުލުހުން ވިދާޅުވީ މި ޕުރޮގުރާމަކީ އާންމު ރައްޔިތުން ހޭލުންތެރިކުރުމާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ( ކޭއާރުއެޗް) ގެ  މުވައްޒަފުން ހޭލުންތެރިކުރުމަށް  ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުރިއަށް...

ޖަލްވާން ޖާދުﷲ
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވަނީ

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވަނީ

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވާނެ ކަމަށް އެ ކުންފުނިން އިއުލާން ކޮށްފިއެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ. އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީވެސް އެ ހިއްސާދާރުންގެ މެދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނަށް ބައިވެރިނުވެވޭނަމަ ޕްރޮކްސީގެ ގޮތުގައި އެހެން […]

އަޙްމަދު ވަހީދު
ހުޅުމާލޭގައި އެމްއައިބީގެ އިތުރު އޭޓީއެމެއް ހުޅުވައިފި

ހުޅުމާލޭގައި އެމްއައިބީގެ އިތުރު އޭޓީއެމެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރު އޭޓީއެމެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މި އޭޓީއެމް ހުޅުވާފައިވަނީ ހުޅުމާލެ ރަށު މާރުކޭޓުގައެވެ. މި އޭޓީއެމް ހުޅުއްވައިދެއްވީ އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިން އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދުއެވެ. މި އޭޓީއެމްއަކީ ހުޅުމާލޭގައި ބަހައްޓާފައިވާ އެ ބޭންކުގެ ދެވަނަ އޭޓީއެމްއެވެ. މި އޭޓީއެމްއާއެކު އެމްއައިބީގެ އޭޓީއެމްތަކުގެ އަދަދު މިހާރު ވަނީ 19 އަށް އަރާފައެވެ. މި އޭޓީއެމު...

އަޙްމަދު ވަހީދު
ސައުތެމްޓަން ކޮޅަށް ޔުނައިޓެޑުން ނުވަ ލަނޑު ޖަހައިފި

ސައުތެމްޓަން ކޮޅަށް ޔުނައިޓެޑުން ނުވަ ލަނޑު ޖަހައިފި

އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ސައުޓެމްޓަންގެ ކޮޅަށް ނުވަ ލަނޑު ޖަހައިފިއެވެ. އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޕްރިމިއަ ލީގުގައި ޓީމެއް ކޮޅަށް ޔުނައިޓެޑުން 9 ލަނޑު ޖެހި ދެވަނަ ފަހަރެވެ. 1995 ވަނަ އަހަރުގެ ލީގުގައި އިޕްސްވިޗް ޓައުންއާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޔުނައިޓެޑުން ވަނީ 9 ލަނޑު ޖަހާފައެވެ. މީގެ އިތުރުން […]

އިބްރާހިމް ޚަލީލް
ރޮނާލްޑޯގެ ދެ ލަނޑުން އިންޓަ އަތުން ޔުވެންޓަސް މޮޅުވެއްޖެ

ރޮނާލްޑޯގެ ދެ ލަނޑުން އިންޓަ އަތުން ޔުވެންޓަސް މޮޅުވެއްޖެ

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އިންޓަރ  މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑުން ފަހަތުން އަރައި ޔުވެންޓަސް މޮޅުވެއްޖެއެވެ. އަންގާރަ ދުވހިގެ ރޭ އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު  ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އިންޓަ މިލާނުނެނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ބަރެއްލާ  ޔުވެންޓަސްގެ އޭރިއާގެ  ތެރެއަށް ހުރަސްކޮށްދިން ބޯޅަ...

އިބްރާހިމް ޚަލީލް
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ރޭގަނޑު 10:30ގައި ބަންދު ކުރާނެ

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ރޭގަނޑު 10:30ގައި ބަންދު ކުރާނެ

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، ކާބީތަކެތޯގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު ކުޑަކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން، ފިހާރަތަކާއި، ސައި ހޮޓާ، ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 ކަމަށެވެ. މި ބަދަލާއެއްގޮތަށް ފިހާރަ ހުޅުވާ ގަޑިތައް ބަދަލުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ވަނީ...

އަޙްމަދު ވަހީދު
މި ޔޮޓު ދުއްވާނީ ޕްލާސްޓިކުން

މި ޔޮޓު ދުއްވާނީ ޕްލާސްޓިކުން

ކަނޑަށް އުކާލާ ޕްލާސްޓިކް ނައްތާލައި، ތެލުގެ ގޮތުގައި ޕްލާސްޓިކް ބޭނުން ކުރެވޭ ޔޮޓެއް ހަދަން ފްރާންސުގެ ޓީމަކުން ތައްޔާރުވެއްޖެ އެވެ. ފްރާންސުގެ “ޔޮޓްސްމަން”އެއް ކަމަށްވާ ޔުވޯން ބާރނޮން އާއި އޭނާގެ ޓީމުން ހަދާ މި ޔޮޓު 2024ގައި ތައާރަފު ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.  މި ޔޮޓަށް އެޓީމުން ދީފައިވާ ނަމަކީ “މަންތާ”އެވެ. މަންތާއެއްގެ ބައްޓަމަށް ތައްޔާރުކުރާ މި ޔޮޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް އަލުން ބޭނުން ކުރުމަށް އޮތް ހައްލެއް ކަމަށް ތިމާވެށްޓާ ބެހޭ ގިނަ […]

އަޙްމަދު ވަހީދު
އަތޮޅުތަކުގެ ޕްރީސްކޫލްތައް ބަންދެއް ނުވާނެ: އެޑިޔުކޭޝަން

އަތޮޅުތަކުގެ ޕްރީސްކޫލްތައް ބަންދެއް ނުވާނެ: އެޑިޔުކޭޝަން

‏ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާފައިވާ ރައްކާތެރިމަކުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ގްރޭޓާ މާލޭގެ ޕްރީސްކޫލްތައް ބަންދު ކުރި ނަމަވެސް އަތޮޅުތަކުގެ ޕްރީ ސްކޫލްތައް ބަންދު ނުވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވިދާޅުވެއްޖެއެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަކިގޮތެއް އަންގަންދެން، މާލޭ ސަރަޙައްދު (މާލެއާއި ހުޅުމާލެއާއި ވިލިމާލެ) ގައި، ޕްރީ ސްކޫލުތަކާއި ނާސަރީ ކްލާސްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުކޮށްގެން ކިޔ...

ޔުމްނާ ޢަލީ
ގަދަޔަށް ސްނޯ ފޭބުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބާރުބޮޑު ސިޓީ ހުއްޓުމަކަށް

ގަދަޔަށް ސްނޯ ފޭބުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބާރުބޮޑު ސިޓީ ހުއްޓުމަކަށް

ގަދަޔަށް ސްނޯ ފޭބުމުގެ ސަބަބުން އެމެރިކާގެ ނިއުޔޯކް ސިޓީ ހުއްޓުމަކަށް އަތުވެއްޖެއެވެ. ނިއުޔޯކަކީ ދުނިޔޭގައި ވެސް އެންމެ ކާރުބާރު ބޮޑު ސިޓީ އެވެ. އެ ސިޓީ ޓައިމް ސްކޮޔާ ވެސް އިއްޔެއިން ފެށިގެން އޮތީ ހަމަހިމޭންވެފަ އެވެ. މިއީ ނިއުޔޯކުގެ އެންމެބާރުބޮޑު ސަރަހައްދެވެ. އެމެރިކާގެ އުތުރު އިރުމަތީ ސަރަހައްދުގެ ސިޓީތަކަށް އަންނަނީ ހޯމަ ދުވަހުން ފެށިގެން ބޯކޮށް ސްނޯ ފައިބަމުންނެވެ. އެގޮތުން މިހާތަނަށް ނިއުޔޯކް ސިޓީއަށް އެކަނި 16.8 އިންޗިއާ ހަމައަށް ސްނޯ ވަނީ ވެހިފައެވެ. އެ […]

އަޙްމަދު ވަހީދު
ބައިނަލްއަޤްވާމީ ތިން މުޢާހަދާއެއްގައި ބައިވެރިވާން ލަފާދެއްވައިފި

ބައިނަލްއަޤްވާމީ ތިން މުޢާހަދާއެއްގައި ބައިވެރިވާން ލަފާދެއްވައިފި

އެއްގަމު އުޅަނދުފަހަރާ ގުޅޭ ބައިނަލްއަޤްވާމީ ދެ މުޢާހަދާއެއްގައިއާއި، ޓީ.އޭ.ސީ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރުވުމަށް ވަޒީރުންގެ މަޖިލީހުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލަފާދެއްވައިފިއެވެ. މި މުއާހަދާތަކަކީީ “ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968” އާއި “ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968” އަދި ”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) މުޢާހަދާ އެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ލަފާދެއްވާފައިވާތީ، އެ...

އަލީ އާދިލް
ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބި ޖައްސާނީ ކިހިނެތް؟ (4)

ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބި ޖައްސާނީ ކިހިނެތް؟ (4)

9. ޤުރްއާނުގައިވާ އަޚްލާޤީ ރިވެތި ސިފަތަކުގެ ވާހަކަތައް އުނގެނި، ކުދިންނަށް ކިޔައިދޭށެވެ. އިސްލާމީ އަޚްލާޤުގެ އުސޫލުތައް ނެގިފައިވަނީވެސް ކީރިތި ޤުރްއާނުންނެވެ. ހަމައެހެންމެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޚުލުޤުފުޅާ ބެހޭގޮތުން ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ސުވާލު ދެންނެވުމުން އެކަމަނާގެ ޖަވާބަކަށްވެސް ވީ: ((كَانَ خُلُقُهُ الْقُرْآنَ)) އެވެ. މާނަ: ” އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ޤުރްއާނެވެ. ” ޤުރްއާނުގައިވާ އާޔަތްތައް ކުދިންނަށް ކިޔައިދީ އެއާޔަތްތަކުން ލިބޭ އަޚްލާޤީ ފައިދާތައް ކުދިންނަށް ކިޔައިދިނ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އިންތިޚާބު ބާތިލު ކުރަން ކޯޓަށް ހުށަހެޅި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: އޭޕީ

އިންތިޚާބު ބާތިލު ކުރަން ކޯޓަށް ހުށަހެޅި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: އޭޕީ

އަދާލަތު ޕާޓީ (އޭޕީ)ގެ ރިޔާސީ އިންތިޚާބު ބާތިލު ކުރަން ކޯޓަށް ހުށަހެޅި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެ ޕާޓީން ބުނެފިއެވެ. އޭޕީގެ އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅައިފި ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން އެ ޕާޓީން ބުނީ، އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. “އޭޕީގެ ބަހެއް ނުހޯދާ ރިޕޯޓް ކުރެއްވުމަކީ އޭޕީއިން ހިތާމަ ކުރާ ކަމެއް، އެއީ ޕްރޮފެޝަނަލް ޖާނަލިޒަމެއް ވެސް ނޫން” އޭޕީން ބުނެފަ ވެއެވެ. އޭޕީގެ […]

އަލީ އާދިލް
ކޭއާރުއެޗްއިން 83 މީހެއްގެ ގަޔަށް ކޯވިޑް ވެކްސިން ޖަހައިފި

ކޭއާރުއެޗްއިން 83 މީހެއްގެ ގަޔަށް ކޯވިޑް ވެކްސިން ޖަހައިފި

‏ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން މިއަދުގެ ނިޔަަލަށް 83 މީހެއްގެ ގަޔަށް ކޯވިޑް ވެކްސިން ޖަހައިފިއެވެ. ކޭއާރުއެޗް އިން ވިދާޅުވީ މިއަދު އެ ހޮސްޕިޓަލުން 53 މީހަކަށް ކޮވިޝީލްޑް ވެކްސިން ދީފައިވާ ކަމަށެވެ. އަދި މިއަދުގެ ނިޔަަލަށް މިހާތަނަށް 83 މީހަކަށް ވަނީ އެ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ރާއްޖޭގައި އިއްޔެ ކޯވިޑް ވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ”ކޯވިޑް-19 ދިފާޢު” ފަށާފައިވާއިރު، މި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނީ އައިޖީއެމްއެޗްގެ […]

ޙުސައިން ޝަހުދީ
ވެމްކޯގެ ވޭސް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލެއް

ވެމްކޯގެ ވޭސް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލެއް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސް އިއުލާން ކޮށްފިއެވެ. މި ބަދަލާއެކު ތިލަފުއްޓާއި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ސްޓޭޝަންތައް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން މެންދުރު 11:00އަށް އަދި މެންދުރު 2:00ން ރޭގަނޑު 8:00 އަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ކޯލް ސެންޓަރުތައް […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި މަކުނުދޫން އެކަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި މަކުނުދޫން އެކަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި ހދ. މަކުނުދޫން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ ކުޅުދުއްފުށީ ސިޓީން ޕޮޒިޓިވްވި ދެ މީހުންނަކީ ނިމުނު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މާލެއިން އެ ސިޓީއަށް ދިޔަ ދެމީހުން ކަމަށެވެ. އެ ދެމީހުން ކޯވިޑް ޓެސްޓްކުރީ މާލެއިން ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނުމުން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެ އެވެ. އަދި އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ […]

ޔުމްނާ ޢަލީ
ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް ވަރުގަދަކޮށްފި

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް ވަރުގަދަކޮށްފި

ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާފައިވާ ރައްކާތެރިމަކުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ނަމްބަރުތައް މައްޗަށް ދާން ފަށާފައިވާއިރު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ގިނަ ފިޔަވަޅުތަކެއް ކުރިއަށްވުރެ ވަރުގަދަކޮށް މިއަދު އާންމު ކޮށްފައެވެ. ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރު މިފިޔަވަޅުތަކުގެ ދަށުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެ...

ޝިއުނާ އާދަމް
ސުޒުކީ 20 ހޯސްޕަވަރު އިންޖީނުން 10،000ރ. ކުޑަކޮށްފި

ސުޒުކީ 20 ހޯސްޕަވަރު އިންޖީނުން 10،000ރ. ކުޑަކޮށްފި

އެމްޓީސީސީން ރާއްޖެއަށް އެތެރެ ކުރާ ސުޒުކީ ބްރޭންޑުގެ 20 ހޯސްޕަވަރުގެ އިންޖީނުން 10،000ރ. ކުޑަކޮށްފިއެވެ. މިއަދު އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ މިހާރު މި އިންޖީނުތައް ލިބެން ހުންނާނީ 71،600ރ. އަށްކަމަށެވެ. ކުރިން މި އިންޖީނު ވިއްކަމުން އައީ 82،000ރ. އަށެވެ. ސުޒުކީ ބްރޭންޑުގެ އިންޖީނަކީ ތެލުގެ ޚަރަދު ކުޑަވެފައި އަށު މަޑު އިންޖީނުތަކެކެވެ. އަދި އެހެން އިންޖީނުތަކާ އަޅާ ބަލާއިރު ސުޒުކީ އިންޖީނު ލުއިކަންވެސް ފާހަގަކުރެވެއެވެ. ސުޒުކީ 20 ހޯސްޕަވަރުގެ އިންޖީނު މާބޮޑަށް ވެސް އަގުހެޔޮވެއްޖެ! […]

އަޙްމަދު ވަހީދު