ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން މިއަދުގެ ނިޔަަލަށް 83 މީހެއްގެ ގަޔަށް ކޯވިޑް ވެކްސިން ޖަހައިފިއެވެ.
ކޭއާރުއެޗް އިން ވިދާޅުވީ މިއަދު އެ ހޮސްޕިޓަލުން 53 މީހަކަށް ކޮވިޝީލްޑް ވެކްސިން ދީފައިވާ ކަމަށެވެ. އަދި މިއަދުގެ ނިޔަަލަށް މިހާތަނަށް 83 މީހަކަށް ވަނީ އެ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ރާއްޖޭގައި އިއްޔެ ކޯވިޑް ވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ''ކޯވިޑް-19 ދިފާޢު'' ފަށާފައިވާއިރު، މި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޑރ. ޝިރާނީ އަބްދުއްރަހީމްއަށެވެ.
އެއަށްފަހު އުތުރުން އެންމެ ފުރަތަމަ އެ ވެކްސިންޖެހީ ހަމަ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރު، އަހްމަދު ދާއޫދެވެ.
މިވަގުތަށް ރާއްޖޭގައި މި ވެކްސިން ދެމުން ދަނީ ތިން ސަރަހައްދެއްގައެވެ. އެ ސަރަހައްދު ތަކަކީ މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި އަދި ކުޅުދުއްފުށީގައި ސިޓީގައެވެ.
02 ފެބްރުވަރީ 2020 - މިއަދު ޖުމްލަ 53 މީހަކަށް ކޮވިޝީލްޑް ވެކްސިން ދެވުނު. މިހާތަނަށް 83 މީހަކަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި pic.twitter.com/sUDvsAwWpR
— Kulhudhuffushi Regional Hospital (@KRHmv) February 2, 2021
ވެކްސިން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ހިމެނެނީ، ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުން އަދި އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެއަށްފަހު 18 އަހާރާއި 50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި، ޕޮލިހުންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ޖަހާނެއެވެ.
ރާއްޖޭގައި ޖަހަން ފެށި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިިޓިއުޝަނުން އުފައްދާފައިވާ ކޮވީޝީލްޑް ވެކްސިނެެވެ. އިންޑިއާ އިން ރާއްޖެ އަށް މި ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއިން 50،000 މީހެއްގެ ގަޔަށް ވެކްސިން ޖަހާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!