އަދާލަތު ޕާޓީ (އޭޕީ)ގެ ރިޔާސީ އިންތިޚާބު ބާތިލު ކުރަން ކޯޓަށް ހުށަހެޅި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އޭޕީގެ އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅައިފި ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން އެ ޕާޓީން ބުނީ، އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ.
"އޭޕީގެ ބަހެއް ނުހޯދާ ރިޕޯޓް ކުރެއްވުމަކީ އޭޕީއިން ހިތާމަ ކުރާ ކަމެއް، އެއީ ޕްރޮފެޝަނަލް ޖާނަލިޒަމެއް ވެސް ނޫން"
އޭޕީން ބުނެފަ ވެއެވެ.
އޭޕީގެ ރިޔާސީ އިންތިޚާބު މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާފައިވާއިރު އެ ޕާޓީގެ ރައީސް ކަމުގެ މަގާމް ތިންވަނަ ފަހަރަށް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ސެއިޚް ޢިމްރާން ޢަބުދު ﷲ ވަނީ ކާމިޔާބު ކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!