ދަތިހާލުގައި ވޯލްޑް ކަޕުގައި ވާދަކުރާ އީރާނުން ދަނޑުމަތީ ގައި ވެސް ދެއްކީ ގަދަ ހިތްވަރު
އެތައް ދަތިކަމަކާއި ތުރާލެއްގެ ތެރެއިން ވޯލްޑް ކަޕްގައި ވާދަކުރާ އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ފުރަތަމަ މެޗުގައި ނިއުޒީލެންޑާ ވާދަކޮށް 2-2 އިން އެއްވަރުވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ނިއުޒީލެންޑުން ދެ ފަހަރު ކުރި ހޯދާފައިވަނިކޮށް، އީރާނުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފައެވެ. އީރާނަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު މުހައްބީއެވެ. އީރާނުގެ ރާމިން ރެޒޭއިއަން މެޗުގެ ކުރީކޮޅު ލަނޑެއް ޖެހިއިރު، މުހައްބީ ކާމިޔާބުކުރި ލަނޑު...