ދުވާފަރު ބިން ހިއްކަން މަހާ ޖައްރާފު ގެންގޮސްފި
ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަހާ ޖައްރާފު ގެންގޮސްފިއެވެ. އެމްޓީސީސީން ބުނީ ޑްރެޖަރު ގެންދެވުމާއެކު ވަރަށް އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މ...