ތިލަދުންމަތީގެ ރައްޔިތުންނަށް ޙާއްޞަ އަހައްމިއްޔަތެއް ދީގެން، ވަކި ޢަދަދެއް ކަނޑައެޅިގެން ގެސްޓްހައުސް ތަރައްގީކުރަން އެސްޑީއެފްސީން ލޯނު ދޫކުރަންޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީ ވެގެން އަންނައިރު އުތުރުގައި ފަތުރުވެރިކަމަށް ހުރި އެނދުގެ އަދަދު ބޮޑުތަނުން އިތުރުކުރުމަށް އެސްޑީއެފްސީއިން ވަކިން ހާއްސަކޮށް ތިލަދުންމަތީގެ ރައްޔިތުންނަން ވަކި އަދަދެއް ކަނޑައެޅިގެން ލޯނު ދޫކުރެވެންޖެހޭ ކަމުގައި ޤަބޫލުކުރަށްވާ ކަމަށެވެ.
''މިހާރު ދިވެހި ސަރުކާރުން އެބައޮތް އެސްޑީއެފްސީ ނަމުގައި ބޭންކެއް އުފައްދާފައި، އަޅުގަނޑު ގަބޫލުކުރަނީ ޚާއްޞަކޮށް ވަކި އަދަދެއް ކަނޑައަޅާފައި އެބަޖެހޭ އަޅުގަނޑު މެންނަށް ގެސްޓް ހައުސް އަޅަން ލޯނު ދޫކުރަން އެހެންނޫނިއްޔާ އަޅުގަނޑުމެންނަކަށް ނުވާނެ، މިސާލަކަށް މިދިއަހަރު ތަފާސްހިސާބުތަލަށް ބަލާއިރު އެ ފަރަގެއް ނުފެނޭ، އެހެން ނަމަވެސް ކަމެއްކުރަން އުޅެންޏާ، ރަނގަޅަށް އެބަ އެނގޭ މިކަން ހާސިލް ކުރަން އުޅެންޏާ، އެއާޕޯޓެއް ރަންކުރާ ކަމަށް ވަންޏާ، ބެޑް އިތުރުވާންޖެހޭކަން'' ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވާލަން އަދި ގެސްޓްހައުސް ތައް މާކެޓަށް ނެރެން އެސްޑީއެފްސީން ތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަ އަހަމިއްޔަތެއްދީ، ވަކި ޢަދަދެއް ކަނޑައެޅިގެން ލޯނުތައް ދޫކުރަން ޖެހޭ ކަމަށެވެ.
ޔާސިރު މި މޭރުމުން ވިދާޅުވިއިރު، 1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން "ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް" ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ވަނީ ބީލަމަށް ހުޅުވާލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!