ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިލަންދޫން ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑަށް ޕޮޒިޓިވްކަން ހާމަކޮށް އެރަށު ސިއްހީ މަރުކަޒުން ބުނީ އެ 2 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށެވެ.
"މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން."
މިލަންދޫ ސިއްހީ މަރުކަޒުން ބުންޏެވެ.
މިލަންދޫ މީގެ ކުރިން ވެސް ބައެއް ކޯވިޑް ޕޮޒިޓިވް ކޭސްތައް ފެނުނެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މިލަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އެޑްމިޓް ކޮށްފައި އޮތް މީހަކު ވެސް މިރޭ ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!