މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީ ފެރީ ޓާރމިނަލް ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެރައީސް މުޙައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޓަރމިނަލަކީ ދިވެހިރާއްޖެ ހައި -ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަފިޔަވަހީގެ ދަށުން ހަދާ ޓާމިނަލެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ތިލަދުންމަތީ 41 ރަށެއްގައި ފެރީ ޓާމިނަލް އަޅާނެއެވެ.
މި ނިޒާމް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރުކުރުމުގައި މިހާރު ބޭނުން ކުރަމުންދާ ފެރީގެ ނިޒާމްގައި ހުރި މައްސަލަތައް ބަލައި،އެކަންކަމަށް ހައްލު ލިބޭނެ އައު ނިޒާމެއްގެ ގޮތުގައި ކަމަށް އެމްޓީސީސީއިން ބުނެއެވެ. އެގޮތުން، އާ ނިޒާމުގެ ސަބަބުން އެއްރަށުން އަނެއްރަށަށް ދަތުރުކުރަން މިހާރުހޭދަވާ ވަގުތު ތިންގުނަ އަވަސްކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
A ceremony was held today at Ha. Hoarafushi to mark the mobilization of Ha. Hoarafushi shore protection project site. The value of the project is MVR 6.39 million and the project is to be completed within 75days. pic.twitter.com/sJPF9OP7SA
— MTCC Plc (@MTCCPlc) April 7, 2021
މީގެ އިތުރުން މިނިޒާމްގައި ބޭނުންކުރާނެ ފެރީތަކަކީ ސީދާ މިކަމަށް ފަރުމާކޮށް އަލަށް ބަންނަ ފެރީތަކެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސައިންތިޒާމްތަކެއް މިފެރީތަކުގައި ޤާއިމްކުރެވޭނެ ކަަމަށް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!