ހއ. ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މުސާއެވެ.
އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓްސެކްޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 71.90 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ 470 ދުވަހުން ނިންމަން ޖެހޭގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި ތާރު އަޅާނެއެވެ.
މީގެ އިތުރުން ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރުތައް ހެދުމާއި މަގު ބައްތި ހަރު ކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!