ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހއ. އިހަވަންދޫއިން އެމްޑީޕީ އަށް އަގުލަބިއްޔަތު ގެއްލިފައިވަނީ މަސްވެރި ދާއިރާއަށް މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ގެނައި ބަދަލުގެ ސަބަބުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހއ. އިހަވަންދޫގެ އިތުރުން ގއ. އަދި ގދ. އަތޮޅު ފަދަ މަސްވެރި ރަށްރަށުގެ ކައުންސިލްތަކުގެ އަގުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނީ ސަރުކާރުގެ މަސްވ...
ޖަލްވާން ޖާދުﷲ
މަސް ނިމޭއިރު ފޯނުގައި ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގައި ވެސް ބޭނުން ކުރެވޭ ގޮތް އުރީދޫން ހަދައިފިއެވެ. ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައި، އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މި ބަދަލު ގެނައީ މި މަހުން ފެށިގެން ކަމަށެވެ. އުރީދޫ ޕޯސްޓްޕެއިޑްގެ 600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ މިހާރު އަނެއް މަހުގައި ވެސް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނިޔާޒު ވިދާޅުވީ މިއީ ގިނަ […]
އަޙްމަދު ވަހީދު
ފެށިގެން މިދިޔައީ އެމަހަކަށްޓަކައި އަޅުގަނޑުމެން އިންތިޒާރު ކުރަމުން އައި މާތް ވެގެންވާ ރަމަޟާން މަހެވެ. އަޅުކަމުގެ ބަހާރު މޫސުމެކެވެ. މުޖުތަމަޢުގެ އަޚުލާޤީ ފޭރާން ރިވެރިވެ ސާފުވެގެންދާ ދުވަސްވަރެކެވެ. މިމަސް އަޅުގަނޑުމެންނާ ކުރިމަތިލާފައި މިވަނީ ވަރަށް އުފާވެރި ޚަބަރު ތަކަކާއެކުއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ. عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ސަސްޕެންޑް ކޮށްފައިވާ ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދުއާއި މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ސަސްޕެންޓްކޮށްފައިވާ އެކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އާދަމް އަނެއްކާވެސް އިންތިހާބުވެއްޖެއެވެ. މިއީ އުތީމު ކައުންސިލްއަށް ރަޝީދު އާއި މުޙައްމަދު އާދަމް އިންތިހާބުވި 3 ވަނަ ފަހަރެވެ. ފުރަތަމަ ދައުރުގައި ރަޝީދު ހުންނެވީ އެކައުންސިލްގެ ނައިބް ރައީސްގެ މަގާމުގަ އެވެ. މިހާރު ކުރިއަށްދާ ދައުރުގައި ރަޝީދު ހުންނެވީ ރައީސްގެ މަގާމުގައެވެ. ރަށުކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކޮށް ރަޝީދުވަނީ...
އަލީ އާދިލް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ރޯދަ މަހު ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް އިއުލާން ކޮށްފިއެވެ. މި ބަދަލާއެކު ތިލަފުއްޓާއި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ސްޓޭޝަންތައް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހުޅުވާފައި ހުންނާނީ ހެނދުނު 10:00ންހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00ން ދަންވަރު 3:00އަށެވެ. މި ސަރަހައްދުގެ ސްޓޭޝަންތައް ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ މެންދުރު2:00ން ހަވީރު 5:00އަށް އަދި ރޭގަނޑު ރޭގަނޑު 8:00 ން ދަންވަރު […]
އަޙްމަދު ވަހީދު
އިޝާ ނަމާދާއެކު ތަރާވީސް ނަމާދު ކުރަން 30 މިނެޓަށްވުރެ ގިނައިރު ހޭދަނުކުރުމަށް ސައުދިއަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންްޑް ދައުވާއިންއަންގައިފިއެވެ. ސައުދީން މި ފިޔަވަޅު އެޅީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނެވެ. އެހެން ގައުމުތަކުގައި ވެސް ތަރާވީސް ނަމާދު ކުރު ކުރަން ވަނީ އަންގައިފައެވެ. މީގެ ތެރޭގައިރާއްޖެ ވެސް ހިމެނެއެވެ. ސައުދީގެ އިސްލާމިކް އެފެއާޒް އެންޑް ދައުވާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތަރާވީސް ނަމާދު 10 ރަކުއަތަށް ކުރު ކުރަން ޖެހޭނެއެވެ. އަދި މި އަހ...
އަޙްމަދު ވަހީދު
ހދ. ކުމުންދޫ ކައުންސިލްގެ ރައީސް ކަމަށް އަމީން މުޙައްމަދު އަދި އެކައުންސިލްގެ މެންބަރުކަމަށް އަލީ ޤާސިމް 3 ވަނަ އަޢުރަކަށް އިންތިހާބުވެފައިވާއިރު ޢަލީ އަންވަރު 4 ވަނަ ދަޢުރަކަށް އިންތިހާބު ވެއްޖެ އެވެ. ވެރިކަންކުރާ އެމްޑީޕީގެ ފުރިހަމަ އަގުލަބިއްޔަތެއް މިހާރުވެސް އޮންނަ ކުމުންދޫ ކައުންސިލްއަށް އެރަށު ރައްޔިތުން މިފަހަރުވެސް ހޮވާފައިވަނީ ހުސް އެމްޑީޕީގެ މެންބަރުންނެވެ. މިއީ އުތުރުގެ ރަށަކުން އެމްޑީޕީއަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރ...
އަލީ އާދިލް
ކުޅުދޫފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ފަހު ބޭއްވޭ ފުރަތަމަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެއް ގޮނޑިއަކަށް އެއް ނަމެއް ކިޔާ ދެ ބޭފުޅުން ވާދަ ކުރެއްވި އެވެ. ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާއަށް ދެ “ޢާތިފާ އަލީ” ގެ ގަދަހިފުމުން މޮޅުވީ “ދިވެހިގޭ ޢާތިފާ” އެވެ. ވާދަކުރެއްވި ދެ ކަނބަލުންވެސް އެއީ ވާދަވެރި ދެ ޕާޓީއަކަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ސަރުކާރު މައި ޕާޓީއާއި އިދިކޮޅު ޕާޓީގެ ގަދަ ހިފުމެކެވެ. ދެ ކަނބަލުންނަކީ ކުޅުދުއްފުށްޓަށް އުފަން […]
އިބްރާހިމް އަސްވާޤް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ސިޓީއަކަށް ހދ. ކުޅުދުއްފުށި ސިޓީ ވެއްޖެ އެވެ. އިލެކްޝަން ކޮމިޝަންއިން އާންމުކޮށްފައިވާ ވަގުތީ ނަތީޖައިން މިހާރު ދައްކާ ގޮތުން އެސިޓީގެ ހުރިހާ ގޮނޑިއެއް މިވަނީ އެމްޑީޕީއިން ކަށަވަރުކޮށްފަ އެވެ. މިއީ ކުޅުދުއްފުށީގެ ސިޓީ ކައުންސިލެއް އެކުލަވާލަން އިންތިހާބެއްވުނު ތާރީހީ އިންތިހާބެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ ނަގަމުން އައިސްފައ...
އިބްރާހިމް އަސްވާޤް
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 333،928 އަށް އަރައިފި އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %23 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ %21 އެވެ. 3 ވަނައިގައި ޔޫކްރެއިން އުޅޭއިރު 4 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ. ޖަނ...
އިބްރާހިމް އަސްވާޤް
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފައިޒާ-ބަޔޯންޓެކް ވެކްސިން ޖަހައިދޭން މިއަދު ފަށައިފި އެވެ. އެޗްޕީއޭއިން ބުނެފައިވަނީ ފައިޒާ ވެކްސިން ދޭނީ ރަޖިސްޓްރީ ކޮށް އެޕޮއިންމެންޓް ހައްދާފައިވާ މީހުންނަށް ކަމަށާއި، މިއަދު 9:00 ގައި ވެކްސިން ޖަހައި ދޭން ފަށައިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ރާއްޖެއަށް 5,850 ޑޯޒް ލިބިފައިވާއިރު ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން މިދިޔަ މަހުގެ 15 ވަނަ […]
އާއިޝަތު ރަފާހް ޢަލީ
1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ. ހަނދު ސާބިތު ކުރުމުގެ ބައްދަލުވުމަށް ފަހު އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ އިއްވެވި ބަޔާނުގައި ވިދާޅުވީ މިރޭ އިރުއޮއްސޭއިރު، ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ. އަދި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ […]
އިބްރާހިމް އަސްވާޤް
ވިތުރި ނަމާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށްޓަކައި ކުރެވޭ އަޅުކަންތަކުގެ ތެރެއިންވާ ގަދަވެގެންވާ ސުންނަތެކެވެ. ވިތުރި ނަމާދުގެ ރަކުޢަތްތަކާއި، މިނަމާދު ކުރާނެ އެކި ގޮތްތައް އަޅުގަނޑުމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ފެންނަން އެބައޮތެވެ. އެގޮތުން ސުންނަތުން ޘާބިތުވާ، ވިތުރި ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި، މިނަމާދު ކުރެވިދާނެ ގޮތަކަށް ބަލާއިރު މައިގަނޑު ހަތަރު ގޮތެއް ފާހަގަވެއެވެ. އެއީ: އެއް ރަކުޢަތުން ވިތުރި ކުރުން: ވިތުރި ނަމާދުގެ އެންމެ މަދު މިންވަރަކީ އެއްރ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ހިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓްމޯލްޑިވްސް އާއި ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި ގަލްފް ކްރާފްޓްމޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު ޙުސައިން އަލްޝާލީއެވެ. އެމްޓީސީސީން ގަލްފް ކްރާފްޓާ ހަވާލުކުރީ 17 ސްޕީޑް ފެރީއެއް ބަނުމ...
އަޙްމަދު ވަހީދު
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި ވާދަވެރި ކްލެސިކޯ މެޗް ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ބާސާގެ މައްޗަށް ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ބާސާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ރެއާލުންނެވެ. މި ލަނޑު ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 13 ވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
ގުރޭޓަރ މާލޭގެ ރައްޔިތުން ނިކުމެ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމަށް ހޮވައިފި އެވެ. މިހާރު ލިބިފައިވާ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރެއްވި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެވެ. މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރީ ޑރ.މުޢިއްޒުގެ އިތުރުން އެމްޑީޕީގެ ފަރާތުން އަނަސް ޢަބްދުއްސައްތާރާއި، އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީއެވެ.
އިބްރާހިމް އަސްވާޤް
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރަކަށް މުޙަައްމަދު ޢާޠިފް ހޮވިއްޖެއެވެ. މިހާރު ލިބިފައިވާ ނަތީޖާތަކުން ދައްކާގޮތުގައި 494 ވޯޓުގެ ތަފާތުން ކުރީގައި އުޅެނީ އާތިފް އެވެ. އެގޮތުން އާތިފް އަށް 1535 ވޯޓް ލިބިފައިވާއިރު ޕީޕީއެމްއިން ވާދަކުރި އަބުދުﷲ އިގްބާލު އަށް ލިބިފައިވަނީ 1041 ވޯޓެވެ. އާދަމް ޝަރީފް މުހައްމަދު އަށް114 ވޯޓް ލިބިފައިވާއިރު އަޙްމަދު ސައީދުއަށް ލިބިފައިވަނީ 101 ވޮޓެވެ. މިއީ މިހާތަނަށް ނަތީޖާ ލިބިފައިވާ 10 ފޮށީގެ ނަތީޖާ އެވެ. ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ […]
އިބްރާހިމް އަސްވާޤް
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އިއުލާނުް ކުރަން ފަށައިފި އެވެ. މިނަތީޖާތައް ތިލަދުންގެ ފަރާތުން ގެނެސްދެމުން ދާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ޕޭޖެއް މެދުވެރިކޮންނެވެ. މިކަވަރޭޖުގައި ތިލަދުން އިން ގެނެސްދޭނީ އުތުރުގެ ތިން އަތޮޅުކަމުގައިވާ ހއ. ހދ. އަދި ށ އަތޮޅުގެ ނަތީޖާ އެވެ. ކުދުއްފުށި ސިޓީ މޭޔަރުން
އިބްރާހިމް އަސްވާޤް