ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލޭ)ގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މި ނިންމުން ތަންފީޒު ކުރުމަށް އަންގާފަ އެވެ. މީގެއިތުރުން މާދަމާއިން ފެށިގެން 1 ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ […]
ޔުމްނާ ޢަލީ
ހއ. ދިއްދޫއިން އަނެއްކާ ވެސް ދެމީހަކު ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 101 އަށް އަރައިފިއެވެ. މިފަހަރު ޕޮޒިޓިވްވީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 2 މީހެކެވެ. އެހެންކަމުން އެރަށުން މިހާތަނަށް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން 85 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް އެރަށުންނެގި 12 ރެންޑަމް ސާމްޕަލެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެރަށަށް ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ޙަމަލާ، ވަޒީރުންގެ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ. އޮންލައިންކޮށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، މިއީ، ޓެރަރިޒަމްގެ ވަރަށް ނުރައްކާތެރި ޢަމަލެއްކަމަށް ރައީސް ޞާލިޙް ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް ޞާލިޙް ދ...
ޔުމްނާ ޢަލީ
ހއ. ދިއްދޫއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިފަހަރު ޕޮޒިޓިވްވީ އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހެކެވެ. މިހާތަނަށް އެރަށުންނެގި 12 ރެންޑަމް ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. ދިއްދޫގެ މިހާރުގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 99 އެވެ. އެއީ ދިއްދޫ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހެއްގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 83 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 12 މީހެއް އަދި ހޯމް ކަރަންޓީނުގައި […...
ޝިއުނާ އާދަމް
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ސޯސް ރިކަވަރީ ސެންޓަރ ( ކުނިމެނޭޖުކުރާ މަރުކަޒު) ޤާއިމް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނެއްލައިދޫ ކައުންސިލުގެ އިދާރާއިން މި މަހުގެ ދިހަވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިކަމަށް ކުރިމަތި ލެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 މެއި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 17 މެއި 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް […]
އިބްރާހިމް ޚަލީލް
މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ އަާމްދަނީއެއް ލިބިއްޖެއެެވެ މިއީ ކުރީ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާ ނަމަ 173.8 އިންސައްތަ އިތުރުވުމެކެވެ. ކުރީ އަހަރުގެ އޭޕްރީލް މަހު އާމްދަނީ ދަށްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން ޓޫރިޒަމްހުއްޓިފައި އޮތުމުން ކަމަށް މީރާއިން ބުންޏެވެ. މީރާ އިން ބުނީ މި ލިބުނު އާމްދަނީ އަކީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ 82.6 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހާއަޅާބަލާއިރު […]
އަޙްމަދު ވަހީދު
އިޓަލީގެ އަންހެނަކަށް އޮޅިގެން ފައިޒާ ވެކްސިންގެހަ ޑޯޒު ދީފިއެވެ. އިޓަލީގެ ޓަސްކެނީ ހޮސްޕިޓަލަކުން އޭނާއަށް ވެކްސިން ދިނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާއަށް ހަ ޑޯޒު ދެވުނު ކަން ފާހަގަ ކުރެވި އޭނާ ވަނީ 24 ގަޑިއިރުވަންދެން އޮބްޒަވޭޝަނުގައި ބާއްވައިފައެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އޭނާ މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި އޭނާގެ ހާލުވެސް ރަނގަޅުކަމަށް ވަނީ ބުނެފައެވެ. އޭނާއަށް ހަ ޑޯޒު ވެކްސިން ދެވުނީ ވެކްސިން ދޭން ހުރި ނަރުސް މީހާއަށް އޮޅިގެން […]
އަޙްމަދު ވަހީދު
ރާއްޖޭގައި ލޮޖިިސްޓިިކް މަސައްކަތްކުރާ ފަރާތްތަކާއި، ޝިޕިންގް ކުންފުނިތައް އަދި މުދާ އުފުލާ ދޯނިތަށް ތިބީ، އެފަރާތްތަށް ކުރަމުން ގެންދާ ވިޔަފާރި ތަކާއިމެދު ކަންބޮޑުވެ ގޮތް ހުސްވެފައިކަމަށް ވިދާޅުވެ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. ރާޢީ މިކަންބޮޑުވުން ފާޅުކުރެއްވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އަތޮޅުތަކަށް ކޮންޓެއިނާ ފެރީ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ބުނުމުންނެވެ. އެމްޕީއެލްއާއި ހަވާލާދީ އޮންލައިން ނޫހަކުން ވަނީ، އަންނަ ޖޫން...
އަލީ އާދިލް
ކޯވިޑް-19އާ ގުޅިގެން ދައުލަތުން ކުރި ހޭދަ 3.3 ބިލިއަނަށް އަރައިފިއެވެ. ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު އެ މުއްދަތުގައި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދިއިގްތިސާދީ ކަންކަމަޡް 1.7 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައެވެ. މި ފާއިތުވި ހަފުތާގައި އޭގެ ކުރީ ހަފްތާ އާ އަޅާބަލާއިރު ސިއްހީ އަދި އިޖުތިމާއޫ ގޮތުން އެންމެ ބޮޑު ހޭދަ އެއް ކޮށްފައި ވަނީ އައިޖީއެމްއެޗުންނެވެ. ކޮވިޑްގެ ހާލަތު […]
އަޙްމަދު ވަހީދު
ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެ އެވެ. ކައުންސިލަރުން ހުވާކުރުމަށް ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނައުމަށް ނިންމާފައި ނުވާ ކަމަށް ވެސް އެލްޖީއޭއިން ވިދާޅުވެއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ...
ޖަލްވާން ޖާދުﷲ
ހއ. ދިއްދޫގައި ކަރަންޓީނުކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖް ހަދިޔާކޮށްފިއެވެ. މިއީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގެ ދިއްގާ ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ބައެއް ރެންޑްމް ސާމްޕަލްތައް ޕޮޒިޓިވް ވުމުން، އެރަށުގައި ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ދިއްދޫ ކައުންސިލަށް ޤަބޫލު ކުރެވޭތީ މިމަހު 8 އިން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް އެރަށުގައި ވަނީ ކާފިއު ހިންގައި، […]
ޔުމްނާ ޢަލީ
ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވެއްޖެ އެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް، ކްލިއަރކޮށްފައިވާކަމަށެވެ. މިތަން ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް އެމްއެން...
އަލީ އާދިލް
ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ﷲ އަށް ފުރިހަމައަށް ތަވައްކުލް ކޮށް، ސަބަބުތަކުގައި ހިފައި، އެއިލާހުގެ ކިބައިން އެހީތެރިކަމާއި ވާތްގަށް އެދުމަށް ދަރިންނަށް ކުޑައިރުއްސުރެވެސް ދަސްކޮށްދޭންވާނެއެވެ. ރަސޫލުﷲ ވަނީ އެކަމަށް ނަމޫނާ ދައްކަވާފައެވެ. އަބްދުﷲ އިބްނު ޢައްބާސް ކުޑަކުއްޖެއްކަމުގައި ވަނިކޮށް އެކަލޭގެފާނަށް ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ: ((يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْت...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއެކު ހުޅުވާލާފައިވާ މެޕްސް ކޮލެޖްގެ ޖޫން 2021 އިންޓޭކްގެ ކޯސްތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ. ޖޫން 2021 އިންޓޭކްގައި މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކު...
ތިލަދުން
ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1204 އަށް އަރައިފިއެވެ. އިއްޔެއެކޭ އެއްފަދައިން މިއަދު ވެސް 1200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނި، ކުރިން ނަގާފައި ވާ ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ ލިބެމުން ދާތީއެވެ. އެހެންކަމުން މިއަދު ޕޮޒިޓިވް ކަމަށް ދެއްކި 1204 މީހުންނަކީ މިއަދު ސާމްޕަލް ނެގި މީހުންނެއް ނޫނެވެ. މި އަދަދަށް ބަލާލާއިރު، މި އަދަދުން 961 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން […]
ޖަލްވާން ޖާދުﷲ
އިންޑިއާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ މެދުގައި އެހެން ބައްޔެއް ފެތުރެން ފަށާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ބުނަން ފަށައިފިއެވެ. “ބްލެކް ފަންގަސް”ގެ ނަން ދީފައިވާ މި ބައްޔަކީ ކޯވިޑް ޖެހިފައިވާ މީހުންގެ ފުއްޕާމެއާއި ސައިނަސް އަދި ސިކުނޑިއަށް ގެއްލުންދޭ ފަންގަސް އެކެވެ. މީގެ ސަބަބުން ކޯވިޑް ޖެހި ރަނގަޅުވެފައިވާ އަންހެން ކުއްޖެއްގެ ލޯ ނަގަން ޖެހުނު ކަމަށް އެ ގައުމުގެ ލޮލުގެ ޑޮކްޓަރަކު ވަނީ ބުނެފައެވެ. ބޭރުގެ މީޑިއާތަކަށް އިންޑިއާގެ ޑޮކްޓަރުން ދީފައިވާ އިންޓަވިއުތަކަށް […]
އަޙްމަދު ވަހީދު
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު އުރީދޫގެ ހިދުމަތްތައް އޮންލައިންކޮށް ހޯދަން އެ ކުންފުނިން އެދިއްޖެއެވެ. އެ ކުންފުނިން ވަނީ މި ފިޔަވަޅުތަކާއެކު އެކްސްޕީރިއެންސް ސެންޓަރުތައް ވެސް ބަންދުކޮށްފައެވެ. ނަމަވެސް މައި އުރީދޫ މޯބައިލް އެޕްލިކޭޝަނުންނާއި ޑިޖިޓަލްސެންޓަރުތަކުން 24 ގަޑިއިރު ލިބޭނެއެވެ. މައި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޕްރިޕެއިޑް ރިޗާޖްކުރުމާއި އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުމާއި ކަސްޓަމާ ސާވިސްހިދުމަތާއި ޕޯސްޓްޕެ...
އަޙްމަދު ވަހީދު
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. އެކަންހާމަކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން އދ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ މެންދަމު 02:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި […]
ޖަލްވާން ޖާދުﷲ