ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލަހުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް ކަނޑައަޅައި، މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ގެންދާނީ ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް ކަމަށްހައްޖާއި އުމްރާގެ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ހައްޖުގެ އަޅުކަމަށް ސައޫދީއަށް އެތެރެވާ މީހުން އަމަލުކުރަން ޖެހޭ ގަވާއިދެއް އާންމުކުރާނެކަމަށް ވެސް ބުނެފައިވެއެވެ.

Ad
rt

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ސައޫދީން މިދިއަ އަހަރު ވެސް ބޭރު ގައުމުތަކަށް ހައްޖު ހުޅުވާލާފައެއް ނުވެ އެވެ. މިދިއަ އަހަރު ހައްޖުގައި ބައިވެރިކުރީ އެގައުމުގައި ތިބި 1،000 މީހަކު، ޚާއްސަ ދައުވަތަކުންނެވެ.

ހައްޖުގެ އަޅުކަން މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމިއިރު، ސައުދީގެ ގިނަ ބަޔަކަށް ވަނީ ކޯވިޑް ބަށްޔަށް ރައްކާތެރިވުމުގެ ގޮތުން ވެކްސިންދީފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން އަލުން ހާލަތު ގޯސްވުމުގެ ކުރީން ސައުދީން ވަނީ ކޯވިޑް-19ގެ ސަބަބުން މެދުކަނޑާލި އުމްރާގެ އަޅުކަމަށް ފިޔަވަހި ތަކަކަށް ބަހާލައިގެން އަލުން ފުރުޞަތު ދީފައެވެ.

ތިންވަނަ ފިޔަވަހީގެ ދަށުން ސައުދީ ނޫން ޤައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަން ކުރުމަށް ދިއުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު ފުރަތަމަ ދުވަހު ފުރުސަތު ހުޅުވާލިއެވެ. އުމްރާގެ އަޅުކަމަށް ގައުމުން ބޭރުން އަންނަ މީހުންނަށް ސައުދީ އަރަބިއްޔާގައި ތިބުމަށް ދިނީ 10 ދުވަހުގެ މުއްދަތެކެވެ.

މިގޮތުން އުމްރާގެ އަޅުކަމަށް ބޭރު ގައުމުތަކުން ދިޔުމަށް ސައުދީ ސަރުކާރުން ފުރުސަތު ދީފައިވަނީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ އުމުރުގެ މީހުންނަށެވެ.

ސައޫދީން މިހާތަނަށް 426,384 މީހަކަށް ކޯވިޑް ޖެހުނުއިރު މިހާތަނަށް ބަލިން ރަނގަޅުނުވެތިބީ 9,572 މީހެކެވެ. އެ ގައުމުން ވަނީ 7,072 މީހަކު މިބަލީގަ ނިޔާވެފަ އެވެ.