ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ މަންމާފުޅު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ރައީސްގެ މަންމާފުޅު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިހާރުވަނީ އެކަމަނާ ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފައެވެ. ރައީސްގެ މަންމާފުޅު އެޑްމިޓްކުރެއްވި ނަމަވެސް ހާލުކޮޅު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ސޯލިހުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރައީސް ސާލިހުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދުވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެކަމަނާ މިހާރު ވަނީ ބަލިން ފަސޭހަފުޅުވެފައެވެ.
އެ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 590 މީހުން ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މިއާއި އެކު މިހާތަނަށް ރާއްޖެއިން ކޮވިޑު-19 ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 34،724 އަށް އަރާފައެވެ.
މީގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 8640 އަށް އަރާފައެވެ.ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 34،000 އަށްވުރެ މައްޗަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!