މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ އަާމްދަނީއެއް ލިބިއްޖެއެެވެ

މިއީ ކުރީ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާ ނަމަ 173.8 އިންސައްތަ އިތުރުވުމެކެވެ. ކުރީ އަހަރުގެ އޭޕްރީލް މަހު އާމްދަނީ ދަށްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން ޓޫރިޒަމްހުއްޓިފައި އޮތުމުން ކަމަށް މީރާއިން ބުންޏެވެ.

Ad
rt

މީރާ އިން ބުނީ މި ލިބުނު އާމްދަނީ އަކީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ 82.6 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހާއަޅާބަލާއިރު މި އަހަރުގެ އޭޕްރިލް މަހު ލިބުނު އާމްދަނީ އިތުރުވީ ޓީޖީއެސްޓީ އާއި ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސްޗާޖާއި އާމްދަނީން ނަގާ ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން ބުންޏެވެ.

ދައުލަތަށް ނުލިބި ހުރި ފައިސާގެ ބޮޑު ބައެއް ވެސް މިދިޔަ މަހު ލިބުނު ކަމަށް އެ މީރާ އިން ބުންޏެވެ. އެގޮތުން، މުޅި އާމްދަނީގެ 20 ޕަސެންޓަކީ ނުލިބި ހުރި ފައިސާގެބައެއް ކަމަށް މީރާ އިން ބުންޏެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައި ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 849.61 މިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 139.12 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ ލިބިފައި ވާއިރު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 75.58 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި40.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސް އާއި ފީގެ ގޮތުގައި 214.56 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.