ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1204 އަށް އަރައިފިއެވެ.

އިއްޔެއެކޭ އެއްފަދައިން މިއަދު ވެސް 1200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނި، ކުރިން ނަގާފައި ވާ ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ ލިބެމުން ދާތީއެވެ. އެހެންކަމުން މިއަދު ޕޮޒިޓިވް ކަމަށް ދެއްކި 1204 މީހުންނަކީ މިއަދު ސާމްޕަލް ނެގި މީހުންނެއް ނޫނެވެ.

Ad
rt

މި އަދަދަށް ބަލާލާއިރު، މި އަދަދުން 961 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން 235 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކުގެ ތެރޭގައި މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތައްވެސް ހިމެނެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 728 ސާމްޕަލެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ފަރުވާ ހޯދަމުން އަންނަ 10،376 މީހުން އެބަތިއްބެވެ. މިހާތަނަށް 26،547 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 244 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި 4 މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 87 މީހަކު ވަނީ ނިޔާވެފަ އެވެ. މިއަދުވެސް 3 މީހަކު ވަނީ ނިޔާވެފަ އެވެ. މިދިޔަ ހަފްތާއެއްހާ ދުވަހަކީ ޕޮޒިޓިވް ކޭސްތަކާއި މަރުތަށް ވެސް އިތުރު ދުވަސް ތަކެކެވެ. އެގޮތުން ބުރާސްފަތި ދުވަހު 7 މީހަކުވެސް ވަނީ ނިޔާވެފަ އެވެ.