ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރާއި އެސިޓީގެ ކައުންސިލް މެންބަރުން ހުވާކޮށް މަސައްކަތް ފަށައިފި އެވެ. ކުޅުދުއްފުށީ ސިޓީ ފުރަތަމަ މޭޔަރާއި މެންބަރުން ހުވާކުރެއްވުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މަގާމުގެ އިގްރާރުގައި ސޮއިކުރެއްވުން ކުރިއަށްގޮސްފައިވަނީ މިއަދު ހެނދުނު ނޮދާރން އޮފީސް ކޮމްޕްލެކްސް ހޯލުގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މޭޔަރާއި ކައުންސިލަރުންނަށް ހުވާލައި ދެއްވީ ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް އަލ...
އަލީ އާދިލް
ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރައްވައިފި އެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށް ދިޔަ ރަސްމިއްޔާތުތަކުގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، މެންބަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުންވަނީ ހުވާކޮށްފަ އެވެ. ކައުންސިލަރުން ހުވާކުރުމުގެ އިތުރުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުނަށް މަގާމުގެ ލިޔުން ހަވާލު ކުރުން ވެސް މިއަދު އޮތެވެ. ގިނަ ކައުންސިލަރުން ހުވާ ކުރެއްވީ އޮންލައިން ކޮށެވެ. ނަމަވެސް މަދު ރަށްރަށުގ...
ޔުމްނާ ޢަލީ
އަމިއްލަ ފަރާތަކުން އިސްނަގައި ހއ. މުރައިދޫގައި ހިނަވާގެއެއް އިމާރާތްކޮށް ހއ.މުރައިދޫ ކައުންސިލާ ހަވާލުކޮށްފިއެވެ. ހއ. މުރައިދޫ ކައުންސިލްގެ ރައީސް އަސްރާރު އަބުދުﷲ ވިދާޅުވިގޮތުގައި، ހިނަވާގެ އިމާރާތްކުރުމުގެ ހުރިހާ ހަރަދެއްކޮށްފައިވަނީ ހއ. މުރައިދޫއަށް ނިސްބަތްވާ ފަރާތެކެވެ. ނަމަވެސް، އެފަރާތުގެ ނަން ހާމަނުކުރުމަށް އެދިފައިވާކަމަށް އަސްރާރު ވިދާޅުވިއެވެ. ހިނަވާގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިތާ އަށެއްކަ މަސްދުވަހުތެރޭ މަސައްކަތް ނިންމާފައިވާކަމަށް އަސްރާރު ފާހަގަކުރެެއްވިއެވެ. އަދި، ހ...
އައިޝަތު އިލްމާ އަދުނާން
ޤަޟާ-ޤަދަރަށް އީމާންވުމަށް ދަރިންނަށް ނަސޭޙަތް ދިނުމަކީ އަދުގެ މުޖުތަމަޢަށް ދަރިން ނުކުތުމުގެ ކުރިން މައިންބަފައިން އެކުދިންނަށް ކޮންމެހެންވެސް ދޭން ޖެހޭ ނަސޭޙަތްތަކެކެވެ. މިމަޢުޟޫއަކީ އަދުގެ ޒުވާނުން ދީނާ ދުރަށްދާ ވަރަށް ބޮޑު އެއް ސަބަބެވެ. މިހެން ދިމާވަނީ ޤަޟާޤަދަރާ ބެހޭ މަޢުލޫމާތު ލިބިފައި ނެތުމާއެކު، އަމިއްލަ ސިކުންޑިން ވިސްނޭއެއްޗަކަށް ބިނާކޮށް ނުވަތަ އިންޓަރނެޓުން ފެންނަ ތަކެތިން ހިތުގައި ޤަޟާ-ޤަދަރާ ބެހޭގޮތުން އެކިއެކި ޝުބުހާތައް އެފެދުމުންނެވެ. ރަނގަޅު ނޫން ކަމެއްކަމުގައި އެކުދިންނަށް ހީ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކޯވިޑް-19ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 100 އަށް އަރައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިމީހާ ނިޔަވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލައިގަ ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 04:41 ގައި ކަމަށެވެ. މިއީ ޅ. ހިންނަވަރަށް ނިސްބަތްވާ 56 އަހަރުގެ އަންހެނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. Early morning at 04:41am a 56-year-old Maldivian female admitted at DH11 […]
އަލީ އާދިލް
އިޓާލިއަން ސީރިއާ އޭގައި އާދީއްތަ ދުވަހުގެ ރޭ ނަޕޯލީއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ނަޕޯލީން ކާމިޔާބުކުރިއިރު އޭސީ މިލާނާއި ކަލިއާރީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ލީގުގެ ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު ގަދަހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މިހާތަނަށް ގަދަ ހަތަރެއްގެ ޖާގަ އިންޓަ މިލާނާއި އެތުލާންޓާއަށް ކަށަވަރު ވެފައިވާއިރު، ފަހު ދެ ޖާގައަށް ވާދަކުރާ ނަޕޯލީ، މިލާން އަދި ޔުވެންޓަސްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މިވަގުތު ލީގުގެ ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ލީގު ހޯދުމުގެ އުންމީދު ދެމެހެއްޓިއިރު، މިވަގުތު ތާވަލުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑުން އޮސަސޫނާ ބަލިކޮށް ތިން ޕޮއިންޓް ހޯދައި މި އަހަރުގެ ލީގު ކާމިޔާބު ކުރުމާއި ވަރަށް ގާތަށް ޖެހިލައިފިއެވެ. ލީގުގައި ކޮންމެ ޓީމަކަށް އެއްމެޗު ބާކީ އޮތްއިރު، އަންނަ އާދީއްތަ ދުވަހުގެ ރޭ ފަހު މެޗުގައި އެތުލެޓިކޯ ނުކުންނާނީ މިވަގުތު ރެލިގޭޝަން ޒޯނުގައި އޮތް ރެއާލް […]
އިބްރާހިމް ޚަލީލް
ކޯވިޑް-19 ބަލީގައި އަނެއްކާ ވެސް ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވީ 64 އަހަރުގެ ފިރިހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އޭނާ ނިޔާވީ މިރޭ މެންދަމު 12:14 ގައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެކެވެ. މިއީ މިބަލީގައި މިއަދު ނިޔާވި 5 ވަނަ މީހާ އެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 99 އަށް އަރައިފަ އެވެ. މިއަދު މިބަލީގައި އިތުރު 4 […]
ޝިއުނާ އާދަމް
ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އެއީ އުމުރުން 80 އަހަރުގެ މީހެކެވެ. އެމިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެ. މިއީ މިބަލީގައި މިއަދު ނިޔާވި ހަތަރު ވަނަ މީހާ އެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 98 އަށް އަރައިފަ އެވެ. މިއަދު ކުރިން ނިޔާވި ތިން މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް […]
ޔުމްނާ ޢަލީ
އިޒްރޭލަށް ވަރުގަދަ ފިލާވަޅެއް ދޭންޖެހޭ ކަމަށާއި ފަލަސްތީނުގެ ދިފާޢުގައި އިސްލާމީ ދުނިޔެ އެއްބައިވާންޖެހޭ ކަމަށް ތުރުކީގެ ރައީސް އުރުދުޢާން އިރާނުގެ ރައީސް ހަސަން ރޫހާނީއަށް ގުޅުއްވައި ވިދާޅުވެއްޖެއެވެ. ފަލަސްތީނުގެ މާތް ބިމަށް މިހާރު އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުން ކަންބޮޑުވެ އުރުދުޢާން ގެންދަވަނީ ދުނިޔޭގެ އެކި ޤައުމުގެ ވެރިންނަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވަމުންނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުފޫޒުގަދަ ތުރުކީގެ ރައީސް އުރުދުޢާން އަބަދުވެސް ފެންނަނީ އިސްލާމީ އުއްމަތަށް ދިމާވާ ބޮޑ...
ތިލަދުން
މެއި 1948 ގައި ފަލަސްޠީނީން އެޤައުމުން ފަހާލައި އެ ނަސްލު ނައްތައިލުމުގެ ގޮތުން ލާއިންސާނީ ހަރަކާތްތަކެއް ހިންގުނެވެ. އެ ދުވަހުގެ ފަހުން ވަޒަނާއި ވަޠަން ގެއްލުމުގެ އިޙްސާސް ފަލަސްޠީނުގެ ރައްޔިތުން ތަޖުރިބާކުރާތާ މިހާރު 73 އަހަރުވެއްޖެއެވެ. މިއީ ނަކްބާ ގެ ނަމުން މަޝްހޫރުވި ހިތްދަތި ހާދިސާއެވެ. އެދުވަހު އިޒްރޭލްގެ ދައުލަތް ވުޖޫދަށް އައެވެ. މި ދައުލަތް އުފެދުމުގެ ފަހަތުގައި ވަނީ އަނިޔާވެރި ކަމާއެކު ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަޒަނާއި ވަޠަނުން ނެރެލާ ޔަހޫދީ އަޣްލަބިއްޔަތެއް އޮންނަދައުލަ...
ތިލަދުން
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާއި ގުޅިގެން، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތަކީ، ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ރާއްޖޭއަށް މި ދަނޑިވަޅުގައި ކުރިމަތިވެފަ ކޯވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުން މިޙަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފަ ވަނީ ގޭތަކުގެ ބެލްކަނީގައި ތިބެގެންނެވެ. މިޙަރަކާތް ރާވާ އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، މިޙަރަކާތުގައި ބައި...
Thiladhun
ށ. ފޭދޫ “ޝާޒީ-4 ބޯޓު”ގެ އިތުރު 3 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެބޯޓްގެ 8 ފަޅުވެރިންގެ ސާމްޕަލް ނަގާފަ ވަނީ މިމަހު 9 ވަނަ ދުވަހު އެވެ. އޭގެތެރެއިން 5 ފަޅުވެރިންގެ ސާމްޕަލް ޕޮޒިޓިވްވުމުން ހުރިހާ ފަޅުވެރިން ކަރަންޓީނު ކުރިއެވެ. ކަރަންޓީނުގެ މުއްދަތުގައި ބާކީ ޕޮޒިޓިވްނުވެ ތިބި 3 ފަޅުވެރިންގެ ކިބައިން ކޯވިޑްއަށް ޝައްކުކުރެވޭ އަލާމަަތްތައް ފެނުމާ ގުޅިގެން، ނެގުނު ސާމްޕަލްތައް ޕޮޒިޓިވްވެފައިވާކަަމަށް ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ. އެހެންކަމުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން...
އައިޝަތު އިލްމާ އަދުނާން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2021 ވަނަ އަހަރުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ މިއަދު ބާއްވާފިއެވެ. މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ ”ފަހިވޯޓު“ މެދުވެރިކޮށް ބޭއްވުނު ޖަލްސާގައި 19 ހިއްސާދާރަކު ބައިވެރި ވެފައި ވާއިރު، ޕްރޮކްސީ މެދުވެރިކޮށް 155 ހިއްސާދާރަކު ތަމްސީލު ކުރެވުނު ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެމްޓީސީސީއިން ބުނީ، ޖަލްސާގައި މުޅިއަކު ތަމްސީލުވީ 174 ހިއްސާދާރުން ކަމަށާއި އެއީ މުޅިއަކު 5،590،778 ހިއްސާ [...
އަޙްމަދު ވަހީދު
ދިވެހި ބަހުގެ އުސްތާޒު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ލިބިވަޑައިގެންފައިވާ އަބްދުﷲ ސޯދިގު(ސޯދުބެ) ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އުމުރުފުޅުން 86 އަހަރުވެފައިވާ ސޯދުބެ، ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ. ސޯދުބެގެ އާއިލާއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފަވާގޮތުގައި، ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ހާލު ސީރިއަސް ވެގެން ނޫނެވެ. އަދި ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ކުއްލި އަކަށް ބަލި ބޮޑުވެދާނެ ކަމަށްޓަކައި...
ޔުމްނާ ޢަލީ
ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގެ ފުރިހަމަކުރި 3 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ކެލާ ކައުންސިލުން ވަނީ ޕޮަޒިޓިވް ވެފައިވާ މީހުންނަށް އަވަަސް ޝިފާއަކަށް ވެސް އެދިފައެވެ. އަދި، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަށާއި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ޒ...
އައިޝަތު އިލްމާ އަދުނާން
ހއ. ފިއްލަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރުން ފަސްކުރަން ހައި ކޯޓުން އަންގައިފި އެވެ. މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަނެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދު ބަލިވީ އެއް ވޯޓުގެ ތަފާތުންނެވެ. އެ މައްސަލަ އިރުޝާދުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާތީ ހައި ކޯޓުން މިއަދު އެންގީ އެ މައްސަލަ ނިމުމުގެ ކުރިން ފިއްލަދޫ ކައުންސިލްގެ ރައީސްގެ […]
ތިލަދުން
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. މި ފުރުޞަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މޭ 23 އަދި 24 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އެ އޮފީހުން ވިދާޅުވެއެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ގޮތްވަނީ ހަމަޖ...
ޔުމްނާ ޢަލީ