ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގެ ފުރިހަމަކުރި 3 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad
rt

އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ކެލާ ކައުންސިލުން ވަނީ ޕޮަޒިޓިވް ވެފައިވާ މީހުންނަށް އަވަަސް ޝިފާއަކަށް ވެސް އެދިފައެވެ. އަދި، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަށާއި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތްނުކުރުމަށް ވެސް ކެލާ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.

ކެލާއިން މީގެ ކުރީން ވެސް އެކިފަހަރުމަތީން ވަނީ ހޯމް ކަރަންޓީނުގައި ތިބި މީހުން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކެލާއިން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނުނުއިރު، ކޯވިޑް ފެތުރޭތީ ތިލަދުންމަތީގެ ބައެއް ރަށްތަށް ހުރީ ވަނީ މޮނިޓަރިން ހާލަތުގައެވެ. އަދި، ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އަދިވެސް އޮތީ ވަރަށް ނާޒުކް ހާލަތެއްގަ އެވެ.