އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މާބަނޑު އަންހެނެއްގެ ދަރިފުޅު ނިޔާވެއްޖެ އެވެ. އައިޖީއެމްއެޗްގެ މީޑިޔާ އޮފިސިއަލްވަނީ މިކަން މިނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ. އައިޖީއެމްއެޗް އިން ވިދާޅުވީ އެއަންހެން މީހާއަށް މިހާރު ދަރަމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގި ފިލާގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗް އިން ވިދާޅުވީ އައިޖީއެމްޗްގެ އީއާރ އަށް މާބަނޑު މީހާ ގެންދިޔަ އިރުވެސް ދަރިފުޅު ނިޔާވެފައިވާކަމަށެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ...
އަލީ އާދިލް
ގެސްޓް ހައުސް ވިޔާފާރި ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންނެވެ. އަދި މި ބައްދަލުވުމުގައި އަތޮޅު ކައުންސިލް ތަކުންނާއި އަދި ރަށު ކައުންސިލް ތަކުން ބައިވެރިވެފައިވެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ގެސްޓްހައުސްތައް ކުރިއެރުވުމަށާއި ކަންބޮޑުވުންތައް ހޯދައި އެކަންތައްތައް ހައްލުކުރުމަށް އެ އެ...
އަޙްމަދު އަރުޝަމް
ހއ. ބާރަށުގައި ކުނިމެނޭޖްކުރާ މަރުކަޒު ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. އަމިއްލަ ތަކެތީގައި ކުނިމެނޭޖްކުރާ މަރުކަޒު ގާއިމުކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރކޮށް މައުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވައިލާފައެވެ. ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފ...
އައިޝަތު އިލްމާ އަދުނާން
އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ގެއްލުން ވެފާވައި ފަލަސްތީނުގެ ރައްޔިތުންގެ ފަންޑަށް ހދ. ކުރިނބީ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮއްދީފި އެވެ. މިފަންޑަށް އެހީ ހޯދުމުގެ ހަރަކާތް އެރަށުގައި ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލުން އިސްނަގައިގެން މުއައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެންނެވެ. މިހަރާކަތުން ޖުމްލަ 164509 (އެއް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްސަތޭކަ ނުވަ ރުފިޔާ / -) އެރަށުން ހަދިޔާކުރިއެވެ. މިފަންޑަށް ދިވެހި ރުފިޔާއިން 160،500 (އެއް ލައްކަ ފަސްދޮޅަސ...
އަޙްމަދު އަރުޝަމް
ޤައުމީ އެއާލައިން މޯލްޑިވިއަންއިން، ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުންދިޔަ ދަތުރުތައް އަނެއްކާވެސް މެދުކަނޑާލައިފިއެވެ. މި ދަތުރުތައް މެދުކަނޑާލީ ބަންގްލަދޭޝްގައި ކޯވިޑް-19 ފެތުރުން އިތުރުވުމާއެކު އެޤައުމަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ޤައުމުގެ ސަރުކާރުންމަނާކުރުމުންނެވެ. ދަތުރުތައް މެދުކަނޑާލަން ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ މިމަހުގެ 4 ވަނަ ދުވަހު ރާއްޖެއިން ބަނގްލަދޭޝްއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިހާރު އޮންނާނީ މިއަދުއެވެ. ބަންގްލަދޭޝްގައި ކޯވިޑް ފެތުރ...
އަޙްމަދު ވަހީދު
ހއ. މުރައިދޫން ކޯވިޑް19 އަށް ޕޮޒިޓިވް ކޭސް އެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ގެނައުން 15 ދުވަސް ފަހުން އުވާލައިފިއެވެ. އެރަށް މޮނިޓަރިން އަށް ގެނެސްފައި ވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. މުރައިދޫ މޮނިޓަރިންގެ ހާލަތުން ނެގި ކަން އެރަށު ކައުންސިލަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މުރައިދޫ ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު […]
އަޙްމަދު އަރުޝަމް
ކުޅުދުއްފުށީ ސިޓީގެ ކުނިކޮށި ސާފު ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން ބުނީ ކުނިކޮށި ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކުނިކޮށްޓަށް ގެންދާ ކުނި ޒިންމާދާރު ކަމާއެކު އުކާލުން މުހިންމު ކަމަށެވެ. އެހެންކަމުން ކުނި ގެންދާއިރު ކައުންސިލުން ބުނެފައިވާ ގޮތްތަކަށް އަމަލު ކުރަން އެ ކައުންސިލުން ވަނީ އެދިފައެވެ. ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި ކުނިވާޒާތުގެ ކުނި...
އަޙްމަދު ވަހީދު
ހއ. ކެލާ ކަނޑޫފާގެ ބައެއް މަރުވެ، ނެތެމުންދާކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކެލާގެ ކަނޑޫފަލުގައި ދުނިޔޭގެ ނެތިދާނެކަމަށް ބެލެވޭ ބަވާތުގެ ކަނޑޫ ގަސްތަކެއް ހުރިއިރު، އެ ކަނޑޫފާގެ ތިންބައިކުޅަ އެއްބަައި އެއްކޮށް މިހާރު މަރުވެފައިވާކަމަށް “ތިލަދުން”އަށް އެ މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ކަނޑޫފަލުން މިހާރު މަރުވަމުންދަނީ ކުރިން ރަނގަޅަށް ހުރި ބޮޑުވަކި ގަސްތައް ހިމެނޭ ސަރަހައްދުގައި ހުރި ކަނޑޫ ގަސްތައް ކަަމަށެވެ. “ވާނުވާ ނޭނގި...
އައިޝަތު އިލްމާ އަދުނާން
އައްޑޫ ސިޓީ މީދޫ ބަންދަރުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ. މީދޫ ބަނދަރު ތަރައްގީކޮށް ނިންމާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ ޖޫން، 2019 ގައެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ 5.36 މިލިއަން ރުފިޔާއަށެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މީދޫ ބަނދަރާއި ބަންދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި […]
އަޙްމަދު ވަހީދު
ހދ. ކުޅުއްފުށީ ސިޓީއަށް ނިސްބަތްވާ އަހްމަދު މުނައްވަރުގެ މުޅި ދުވަސް ހޭދަކުރަނީ ސަހަރާގައެވެ. ޖަމާއަތްތެރިއެއްގެ ގޮތުގައި އެތައް ހާސް ޖަނާޒާއެއް އޭނާ ތަޖުރިބާކޮށްފިއެވެ. އެންމެ ލޯބިވާ މީހުންނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގައި އެތައް އާއިލާއެއްގެ ހިތްދަތި އަލްވަދާއު އޭނާ ދެކެފިއެވެ. އަންގާރަ ދުވަހުގެ ރޭ މިދުނިޔެއާއި ވަކިވެގެން ދިޔަ ތުއްތު މިޝްކާގެ ޖަނާޒާގެ ވަގުތަކީ އޭގެތެރެއިން ވެސް މުނައްވަރަށް ތަފާތު އިހްސާސެއް ގެނުވި ވަގުތެކެވެ. މިޝްކާއަކީ، މުނައްވަރު ވެސް ނިސްބަތްވާ ކުޅުދުއްފުށީ ދެމަ...
ޙުސައިން ޝަހުދީ
ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ އުދުވާންގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ހދ. ހަނިމާދޫއާއި ހދ. ކުމުންދޫގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. އެގޮތުން އެދެރަށުގައި ހިންގުނު ހަރަކާތުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބެހެއްޓުނު ފަންޑުފޮށިތަކުން 87325.7 (އައްޑިހަ ހަތްހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ހަތްދިހަ ފަސް ލާރި) ލިބިފައިވެ އެވެ. ހަނިމާދޫގައި...
އިބްރާހިމް ޚަލީލް
ތުއްތު މިޝްކާ ނިޔާވި މައްސަލާގައި އޭނާގެ އިހްމާލެއް އޮތް ހިސާބެއްވެސް ސާފުވާން ޖެހޭކަމަށާއި، އެހެންކަމުން އޭނާ މަގާމުން އިސްތިއުފާ ދެއްވަންޖެހޭކަން އަދި އެނގިވަޑައި ނުގަންނަވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިޝްކާ ނިޔާވުމުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށާއި ތަހުގީގު ކުރިޔަށްދާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ރިޕޯޓް އާންމުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އެ ނޫސްވެރިންގެ...
ޔުމްނާ ޢަލީ
ކަޅު ބިއްލޫރި ޖަހާފައިވާ ޓެކްސީތަކުގެ ބިއްލޫރި، ޓެކްސީ ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިތުރު ކޮށްފި އެވެ. އެމިނިސްޓްރީއިން މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޓެކްސީ ޤަވާއިދާ ޚިލާފަށް ޓެކްސީތަކުގައި ކަޅު ބިއްލޫރި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކަޅު ބިއްލޫރި ޖަހައިގެން ދުއްވާ ޓެކްސީތަކުގެ ބިއްލޫރި ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް އެފަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވާފައިވަނީ 6 މަސްދުވަހުގެ މުއްދަތެކ...
އަލީ އާދިލް
މިސްބާހު ހުރީ މަސްތުވާތަކެތި ވިއްކާ ބައެއްގެ “ގެރެންޓަރ” އެއްގެ ގޮތުގައި ޕާކިސްތާނުގައި ތާށިވެފައި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ، ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. ފުލުހުން ބުނީ، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީ...
އަލީ އާދިލް
މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ‘ނަފްރަތުގެ އަމަލު’ގެ ބިލުން މަޤްޞަދު ހާސިލުނުވާނެކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ. ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ މުސްލިމަކާ ދިމާއަށް ކާފަރެއް ކަމަށް ބުނުމާއި ވަކި މީހަކީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމުގެ އިތުރުން އިސްލާމީ އަގީދާއާ ގުޅ...
ޖަލްވާން ޖާދުﷲ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު ހދ. ކުޅުދުއްފުށި ސިޓީ އިން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީީ މި މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުޅުދުއްފުށި ބަނދަރުމަތިންނެވެ. އޭނާ ހައްޔަރުކޮށް...
ޖަލްވާން ޖާދުﷲ
އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް މިދިޔަ އާދީއްތަ ދުވަހު ޕްރޮޖެކްޓްސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލާނެއެވެ. އަދި 6،363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 266 މީޓަރުގެސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހު...
އަޙްމަދު ވަހީދު
ތުއްތު ފުރާނައެއް ވަކިވިގޮތް ވަރަށް ކައިރިން ބަލަންޖެހޭ ކަމަށާއި، އެފަދަ ކަންކަން ތަކުރާރު ނުވާނެހެން ނިޒާމް ބައްޓަންކުރަން ޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކައިގައެވެ. ޔާސިރުގެ...
އަލީ އާދިލް