ޤައުމީ އެއާލައިން މޯލްޑިވިއަންއިން، ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުންދިޔަ ދަތުރުތައް އަނެއްކާވެސް މެދުކަނޑާލައިފިއެވެ.
މި ދަތުރުތައް މެދުކަނޑާލީ ބަންގްލަދޭޝްގައި ކޯވިޑް-19 ފެތުރުން އިތުރުވުމާއެކު އެޤައުމަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ޤައުމުގެ ސަރުކާރުންމަނާކުރުމުންނެވެ. ދަތުރުތައް މެދުކަނޑާލަން ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ
މިމަހުގެ 4 ވަނަ ދުވަހު ރާއްޖެއިން ބަނގްލަދޭޝްއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިހާރު އޮންނާނީ މިއަދުއެވެ.
ބަންގްލަދޭޝްގައި ކޯވިޑް ފެތުރުން އިތުރުވާން ފެށުމާއިއެކު މިދިޔަ އޭޕްރީލްމަހުގެ ތެރޭގައިވެސް މޯލްޑިވިއަނުން އެޤައުމަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުންމެދުކަނޑާލިއެވެ.
ކޯވިޑް-19އަށްފަހު މޯލްޑިވިއަންއިން ކުރަމުން ދިޔަ ބައިނަލްއަޤްވާމީ ދަތުރުތައް އެންމެ ފުރަތަމަ ފެށި އެއް މަންޒިލްގެ ތެރޭގައި ބަންގްލަދޭޝްގެ ޑާކާ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!