ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި އާދީއްތަ ދުވަހުގެ ރޭ ޔުކްރެއިންއާއި ނެދަލެންޑްސް ބައްދަލުކުރި ފޯރިގަދަ މެޗު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފިއެވެ. ނެދަލޭންޑްސްގެ އެމްސްޓަޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ނެދަލެންޑްސްއިން ވަނީ ޔުކްރެއިންގެ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން މެޗުގެ ކުރީކޮޅު ނެދަލެންޑްސްގެ ޑަމްފްރީސްއަށް ލިބުނު ހުސް ފުރުޞަތުގެ އ...
އިބްރާހިމް ޚަލީލް
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ނޯތު މެސެޑޯނިއާ 3-1 ގެ ނަތީޖާއިން ބަލިކޮށް މުބާރާތުގެ ފެށުން އޮސްޓްރިއާއިން ރަނގަޅު ކޮށްފިއެވެ. ގްރޫޕް ސީގެ މި މެޗު އާދީއްތަ ދުވަހުގެ ރޭ ކުޅެފައިވަނީ ރޫމޭނިއާގެ ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ އޮސްޓްރިއާއިންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސްޓެފެން […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ ސިނާއީ ގޮތުން އެންމެ ބޮޑު ގައުމުތައް ކަމަށްވާ ޖީ7 ގައުމުތަކުން ފަގީރު ގައުމުތަކަށް އެއް ބިލިއަން ޑޯޒު ވެކްސިން ދޭން ނިންނަމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ކޮންވޯލްގައި ކުރިއަށްދާ ޖީ7 ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ މަޝްވަރާތަކާ ހަވާލާދީ ރިޕޯޓްތައްބުނާގޮތުން އެސަމިޓުގައި އެބޭފުޅުންވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ކޮވެކްސް ޕްރޮގްރާމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަކަށާއި،އެފްރިކާގެ ގައުމުތަކަށް ކުރިއަށް އޮތް އަހަރ...
އަޙްމަދު ވަހީދު
ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުއަގުގައި ވިއްކަން ނިކުންނަންވާނީ ބަނޑަށް ޖެހުނީމަކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) މިއަދު އިސްލާހު ކުރުމާއިއެކު އެކަމަށް އިޝާރާތްކުރައްވާ ބޮންޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެކަަމަށެ...
އަލީ އާދިލް
70 ގެ އަހަރުތަކުގައި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ހިމަބިހި ފުރިހަމަކަމާއެކު ނައްތާލުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ގުޅިގެން އެންމެ އިސްކޮށް އެހީވި އެޕިޑެމިއޮލޮޖިސްޓު، އުމުރުން 77 އަހަރުގެ ޑރ. ލެރީ ބްރިލިއެންޓު ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑް-19 ދުނިޔެއިން ނައްތާނުލެވޭނެއެވެ. ޢެމެރިކާގެ ނޫސް ވެބްސައިޓެއް ކަމަށްވާ “ޑެއިލީ ބީސްޓް” އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ލެރީ ބުނެފައިވަނީ، ރަނގަޅަށް ބަލައިފި ނަމަ މިހާރުވެސް އެމެރިކާގެ ބައެއް ހިސާބުތަކުގައި ކޮވިޑުގެ އ...
އަޙްމަދު އަރުޝަމް
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއަތުން މޮޅުވެ އިންގްލެންޑުން ފެށުން ރަނގަޅު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމް އެންމެ ފަހުން ވާދަކޮށްފައި ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައެވެ. އެ މެޗު ކާމިޔާބުކޮށް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ […]
އިބްރާހިމް ޚަލީލް
ސަޢޫދީ ޢަރަބިއްޔާގެ “ތަވައްކަލްނާ” އެޕްލިކޭޝަން ބޭނުންކުރަން ފަށާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެވެ. މި އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސަޢޫދީގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގަތުމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް އެގައުމުގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ. ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީވެސް މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށްްފަހުގައެވެ. ދިވެހިރާއްޖޭގެ ފޮރ...
އަޙްމަދު އަރުޝަމް
ހުޅުމާލޭގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްޞަކޮށްގެން މިހާރު ތައްޔާރުކުރަމުންދާ މެޑިކަލް ފެސިލިޓީ އިމާރާތަށް، ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޒިޔާރާތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މި އިމާރާތަކީ މީގެކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންއައި އިމާރާތެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ރައީސް މި އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް މި އިމާރާތާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކ...
އިބްރާހިމް އަސްވާޤް
ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭގޮތަށް، ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިސްލާހް ގެނެސްފިއެވެ. މިގޮތުން އެފްޑީއައި ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހް ވަނީ މިއަދު ހަވީރު ސަރުކާރުގެ ގެޒެޓުކުރި އާންމުކޮށްފައެވެ. އެފްޑީއައި ޕޮލިސީގައި ކުރިން އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭ ގޮތަށެވެ. ކުރިން އެ ޕޮލިސީބުނާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75...
ޔުމްނާ ޢަލީ
އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުން ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް، ހިޖުރައިން 1116 ވަނަ އަހަރުގެ ރަމަޟާންމަހު (ޖަނަވަރީ 1705)،ގެ ތެރޭގައި އޭގެކުރީގައި ރަސްކަންކުރައްވާފައިވާ އިސްދޫ ދަރިކޮޅުގެ އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނާ ދެ ބޭފުޅުން ނަވެއްގައި އިންޑިއާގެ ސޫރަތުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް ވަޑައިގެންނެވިއެވެ. އެ ދެ ބޭފުުޅުން މަސައްކަތް ކ...
ޢަބްދުﷲ ސަޢީދު
ސިވިލްސަރވިސްގެ ހުރިހާ މަޤާމުތަކަށް އެޕްލިކޭޝަން ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަށް އ ކޮމިޝަނުން ވިސްނަމުންދާކަމަށް ސިވިލްސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ. ސީއެސްސީގެ ނައިބު ރައީސް ރަޝީދު މިހެންވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް މަޤާމަށް މީހުން ހަމަޖެއްސުމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ޓީ.ވީ.އެމްގެ “ހެނދުނު ހެދުނާ ޕްރޮގްރާމު”ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކާގައެވެ. ރަޝީދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރ...
ޝިއުނާ އާދަމް
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލުއޮތީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް ކަމަށް ހދ. ނައިވާދޫ ކައުންސިލުން ބުނެފިއެވެ. ނައިވާދޫ ކައުންސިލުން މިހެން ބުނެފައި ވަނީ، އެކައުންސިލްގެ ނައިބު ރައީސް އަހްމަދު ފާއިޒު ފިޔަވާ އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އަކު...
ޔުމްނާ ޢަލީ
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބެލްޖިއަމްއާއި ރަޝިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ބެލްޖިއަމުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ލުކަކޫއެވެ. ލުކަކޫ އެ ލަނޑު […]
އިބްރާހިމް ޚަލީލް
މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 783.88 މިލިއަން ރުފިޔާ ބަލައިގެންފިއެވެ. މީރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އިދާރާއިން އަންދާޒާ ކުރި ވަރަށްވުރެ 16.7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ މިދިޔަ އަހަރުގެ މެއި މަހު އެ އިދާރާއިން ބަލައިގަތް އާމްދަނީއަށްވުރެ 283.6 އިންސައްތައިގެ އިތުރުވުމެކެވެ. މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީ ދަށްވީ ކޮވިޑް-19އާ ހެދި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، މާލކެ […]
އަޙްމަދު ވަހީދު
ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާައެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫ ދަށުން، މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުން ކުރުމުގެ އިތުރުން 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ...
އަޙްމަދު ވަހީދު
އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ރާއްޖެ ދާންބޭނުންވާ ތަރައްގީގެ އުހަށް ދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ. އުގައިލް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ވެސް ނޫން ކަމަށެވެ. އެހެންކަންއޮތްއިރު، އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް އުގައިލް ވިދާޅުވިއެވެ. “އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން. ވ...
ޔުމްނާ ޢަލީ
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިި ދެކޮޅަށް މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންވާ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރުން ސޮއިކޮށް ނޫސް ބަޔާނެއް ނެރެފިއެވެ. މި ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ބިލުގައި ހުށަހަޅާފައިވާ އިސްލާޙު ގެ ތެރޭގައި ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމް ދީނަށާއި الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم އަށް ފުރައްސާރަކޮށް […]
އަލީ އާދިލް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، ”މިނިމަމްވޭޖް” ކަނޑައެޅުމުގެ މަސައްކަތާއި، މަޝްވަރާތައް ކުރިއަށް ދަނީ މަސައްކަތްތެރީންނަށް ހަގީގީމަންފާ ކުރާނެ ގޮތަށް ނޫންކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ބުނެފިއެވެ. އެމްޓީޔޫސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިނިމަމްވޭޖް ކަނޑައެޅުމަށް އެކުލަވާލާފައިވާ މުސާރައާއި، އުޖޫރަ ކަނޑައެޅުމަށް ލަފާދޭ ބޯޑުން އެ މަސައްކަތާއި، އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ މަސައްކަތްތެރީންނަށް މިނިމަމްވޭޖަކުން ލ...
ޝިއުނާ އާދަމް