ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބަރ ބޭސިން ފުންކުރުމުގެ 96 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާތަނަށް މުޅި މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދ...
އަޙްމަދު ވަހީދު
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ހޯމަ ދުވަހުގެ ރޭ ސްޕެއިންއާއި ސްވިޑަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސްޕެއިންގައި ކުޅުނު މި މެޗުގައި އެ ޓީމުން 85 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާކުރި ނަމަވެސް މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސް ސްވިޑަންގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. ލަނޑު […]
އިބްރާހިމް ޚަލީލް
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ސްލޮވާކިއާއިން ކާމިޔާބުކޮށްފިއެވެ. ހޯމަދުވަހުގެ ރޭ ކުޅުނު މި މެޗު ސްލޮވާކިއާއިން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ސެއިންޓް ފީޓަސްބާގްގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ރޭންކިންގެ 36 ވަނާގައި މިވަގުތު އޮތް ސްލޮވާކިއާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ސްލޮވާކިއާއިންނެވެ. މި ލަނޑަކީ ޕޮލެންޑްގެ ކީޕަރ ޝެޒްނީގެ އަތުން ބައިކޮޅަށް ވަދެފައި...
އިބްރާހިމް ޚަލީލް
ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ “ގެދޮރުވެރިޔާ ލޯން ސްކީމް” ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާހްކޮށްދެއްވައިފި އެވެ. އެމަނިކުފާނު މި ސްކީމް އިފްތިތާހްކޮށްދެއްވީ މިރޭ ސޯޝަލް މީޑިއާގައި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ. ގެދޮރުވެރިޔާ ލޯން ސްކީމްގެ ނަމުގައި ރައީސް މިއަދު ފައްޓަވައިދެއްވި ލޯން ސްކީމަކީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކައި ޚަލާސްކުރާ ގޮތަށް ތައާރަފުކުރާ ލޯން ސްކީމެކެވެ. މި ލޯން ސްކީމްގައި ބ...
ތިލަދުން
ރައްޔިތުންގެ މަޖިލީހުގެ ބ.ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާން ހުސައިން މިފަހުން ހުށަހަޅާފައި ވާ “ނަފުރަތުގެ އަމަލު” ބަޔާން ކޮއްދޭ ބިލާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް އެ ބިލާ ދެކޮކަމަށް ، ހދ. ނޮޅިވަރަމް ކައުންސިލުން ބުނެފިއެވެ. ނޮޅިވަރަމު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރ 7/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭ ބިލުގައި ނޮޅިވަރަމު ރައްޔިތުން ކަންބ...
އަޙްމަދު އަރުޝަމް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ “މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ” އަށް، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ސީއީއޯގެ މަޤާމަށް ރައީސް ޢައްޔަންކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2968، ޑރ. ޢަބ...
އަޙްމަދު އަރުޝަމް
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން މޮޅުވެ ޗެކްރިޕަބްލިކުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ސްކޮޓްލެންޑްގެ ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗު ޗެކްރިޕަބްލިކުން ކާމިޔާބު ކޮށްފައިވަނީ ސްކޮޓްލެންޑާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން އެޓޭކިން ގޭމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މިގޮތުން ޗެކްރިޕަބްލިކްގެ ފޯވާޑް ޕެޓްރިކް ޝިކްއަށް […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަަށް ހުށަހަޅާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ދިވެހި ސަރުކާރަށް ހދ. ނެއްލައިދޫ ކައުންސިލުން ގޮވާލައިފި އެވެ. އެކައުންސިލުން މިހެން ގޮވާލާފައިވަނީ އެކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ ނެރުއްވި ނޫސް ބަޔާނެއްގައެވެ. އެބަޔާނުގައި ވަނީ، ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާ...
އަޙްމަދު އަރުޝަމް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން 3 މަހުގެ ތެރޭގައި 500 އަށް ވުރެ ގިނަ މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި) ހަދައިފި އެވެ. އެހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ދޭންފެށުނީ މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ 23 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ޕްރޮޖެކްޓެކެވެ. ކޭއާރުއެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް، އަހްމަދު ދާއޫދު “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މީގެ ކުރިން ބައެއް ދުވަސްވަރު 100 އަށް ވުރެ […]
އިބްރާހިމް އަސްވާޤް
ކޯވިޑް-19 ބައްޔަށް ފަރުވާ ހޯދަމުން އައި އުމުރުން 27 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޒުވާނާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުންއައި މީހެކެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިއީ ދިވެއްސެކެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ޒުވާން ފިރިހެން މީހާ އެވެ. މިއީ މިބަލީގައި ރާއްޖެ އިން ނިޔާވި 198 ވަނަ މީހާ އެވެ. މިއީ މިއަދު މިބަލީގައި ނިޔާވި ފުރަތަމަ މީހާ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ […]
އަލީ އާދިލް
ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއާޓާގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެސީއީއޯ އާދަމް އާޒިމްއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ސާވިސް ކޯ ގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ. މި މަޝްރޫއުގެ ދަށުން، ގިރިފުށީގައި 314 މީޓަރުގެ ސަރަހައްދެއްގައި ބޭރު...
އަޙްމަދު ވަހީދު
އެއްވެސް ބޭނުމެއްނެތި މިސްކިތްތަކަށް ވަދެ މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތުގައި 15 މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި މި މީހުންނަކީ މީގެ ކުރިންވެސް މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހުންކަމަށާއި، އަދި އެއީ ކުށުގެ ވެށީގައި އުޅޭ ބައެއް ކަމަށެވެ. މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި […]
އަޙްމަދު އަރުޝަމް
ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 28 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެމަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގ...
އަޙްމަދު ވަހީދު
ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވިގޮތުގައި ނިޔާވީ އުމުރުން 55 އަހަރުގެ އަންހެނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެހެންކަމުން މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފައެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 38 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 […]
ޔުމްނާ ޢަލީ
އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޤާނޫނެއް ވޫޖޫދަށް ގެނައުމަކީ ކެލާ ރައްޔިތުން އެދޭނެ ކަމެއް ނޫންކަމަށް ހއ. ކެލާ ކައުންސިލުން ބުނެފިއެވެ. ކެލާ ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. ކެލާ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނުގައި ބުނީ، ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިސްލާޙު ގެނައުމު...
އަލީ އާދިލް
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ހޯމަ ދުވަހު ބްރެޒިލްގައި ފަށާފައިވާއިރު މުބާރާތް ހުޅުވި މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް ބީގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާއި ވެނެޒުއޭލާއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބްރެޒިލުންނެވެ. ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު […]
އިބްރާހިމް ޚަލީލް
އއ. އުކުޅަހުގައި ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް ނިންމައިލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފެށީ މި އަހަރުގެ ފެބްރުއަރީ 27 ގައެވެ. މި މަޝްރޫއުގެ ދަށުން ފުންކޮށްފައިވަނީ 19،630 ކިއުބިކް މީޓަރުގެ ސަރަހަައްދެކެވެ. މީގެ އިތުރުން 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމ...
އަޙްމަދު ވަހީދު
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ލޯނެއްގެ ދަށުން ކަމަށްވިޔަސް، އެ އެއާޕޯޓް ހިންގާނީ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ޢިމާރާތް...
ތިލަދުން