މިރޭ ދަންވަރު މާފަންނުގެ ބައެއް ހިސާބުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ފެން ކުންފުނި (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ މިރޭ 23:00އިން ފަތިހު 4:00އަށް ކަމަށެވެ.

Ad
rt

ހިދުމަތް މެދުކެނޑޭނީ އިއްޒުއްދީން މަގާއި ހަނދުވަރީ ހިނގުމާއި، ދެމެދުންފުލޫނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުންނެވެ.

އެ ސަރަހައްދުން ފެނުގެ ހިދުމަތް މެދުކަނޑާލަނީ އެ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަޅާފައިވާ ފެންހޮޅި ގުޅުވާލުމަށެވެ.

މިއީ މާލޭ ސިޓީ ކައުންސިލުންމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެކެވެ.

ފެނުގެ ހިދުމަތް މުދުކެނޑޭ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީނ ވަނީ މައާފަށް އެދިފައެވެ.