މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކަށް ފުރުސަތު ހުޅުވާލައިފި
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މަސްވެރިމަކުގެ ދާއިރާއަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ތަމްރީނުތަކަކީ ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކެކެވެ. މި ތަމްރީނު ޕްރ...