ކަނޑައެޅިފައިވާ ސުންގަޑިއަށް ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް ނުނިމިއްޖެނަމަ ދެން ވާނީ ކިހިނެތް؟
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު 8 ވަނަ އަދި 9 ވަނަ އިޞްލާޙާއެކު ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކަށް މިހާރު ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުލިބޭހާ ގިނަ ބާރުތަކަކާއި ބޮޑެތި އިޚްތިޔާރުތަކެއް ލިބިފައެވެ. އެ ރަށެއްގެ ތަރައްޤީއާއި ހިންގުމުގެ ހުރިހާ ކަމެއްގައި ފުރިހަމައަށް ބައިވެރިވުމާއި، ބަސްކިޔުމާއި ގޮތް ނިންމުމުގެ ތަނަވަސް ފުރުޞަތު ވެސް ރަށްރަށުގެ ކައުންސިލްތަކަށް ލިބިފައެވެ. މީގެ އިތުރުން، ރަށް ކުރިއަރުވާނެ ގޮތާއި، ރަށުގެ ބިމާއި […]