މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,421 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1602 ވަނަ ޞަފްޙާ

އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ

އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައި ވާކަމަށެވެ. އަދި އޭބީސީ ފަށަލައެޅުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެ ކުންފުނިން ބުނެއެވެ. ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް މަސައ...

އަޙްމަދު ވަހީދު
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުޅުމުގެ މުއްދަތު ހަމަވާން ދެން އޮތީ 9 ދުވަސް

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުޅުމުގެ މުއްދަތު ހަމަވާން ދެން އޮތީ 9 ދުވަސް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި އޮގަސްޓުމަހު ހަމަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި މުޅިން އަލަށް ދޭން ފެށޭ މި އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. “ފޯމު ހުށަހެޅުން” އޮންލައިން ޕޯޓަލް މެދުވެރިކޮށްގެންނާއި، ރައީސް އޮފީހަށް ވަކިން ފޯމު ހުށަހަޅުއްވައިގެން ނަން ހުށަހެޅޭނެކަމަށް އެ އޮފީހުން ހާމަކުރެއްވިއެވެ. އަދި އިނާމަށް އެދި ހުށަހަޅާ ފޯމު، ރައީސް އޮފީހުގެ ވެބްސައިޓުން […]

އަޙްމަދު އަރުޝަމް
ފީވަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ

ފީވަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. އެ ރަށު ސިއްޙީ މަރުކަޒުން އާންމު ކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 3 ސާމްޕަލް އަކީ މިމަހު 1 ވަނަ ދުވަހު ނެގުނު ސާމްޕަލް ތަކެއްކަމަށެވެ. އަދި ފީވަކުން ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިން އެކަކު، އިތުރު […]

އަޙްމަދު އަރުޝަމް
އުރީދޫ ވާޗުއަލް ދުވުމުގައި ތިލަދުންމަތި ތަމްސީލް ކުރާނީ މި ތިން ދުވުންތެރިން

އުރީދޫ ވާޗުއަލް ދުވުމުގައި ތިލަދުންމަތި ތަމްސީލް ކުރާނީ މި ތިން ދުވުންތެރިން

މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އުރީދޫ ވާޗުއަލް ދުވުމުގައި އަތޮޅުތައް ތަމްސީލް ކުރާ ދުވުންތެރިން އިއުލާން ކޮށްފިއެވެ. މި ދުވުމުގައި ހއ. ތަމްސީލު ކުރާނީ މައުމޫން އަބްދުލް ސައްތާރެވެ. އަދި ހދ. އަތޮޅު އައިޝަތު މިޒްނާ ތަމްސީލު ކުރާއިރު ށ. އަތޮޅު ތަމްސީލް ކުރާނީ އަހުމަދު ޒާހިދެވެ. މީގެ އިތުރުން ނ. އަތޮޅު އަބްދު ޔާސިރު ތަމްސީލު ކުރާއިރު ރ. އަތޮޅު އަބްދުލް ލަތީފު ހަސަން، ބ. އަތޮޅު މުހައްމަދު މަދީން، ޅ. އަތޮޅު […]

އަޙްމަދު ވަހީދު
ނޮޅިވަރަންފަރުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގަން ފަށަނީ

ނޮޅިވަރަންފަރުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގަން ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން ދަނޑުވެރިކަން ކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުބިންތަކުން ކުލިނެގުމަށް ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުތަކުން ކުލިނެގުމާއި ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުންނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީއާއި ގުޅިގެން އެ ކައުންސިލުން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންދާ މަގުތައް ބޭނުންކުރަންވާނީ ހުޅުވާލުމުން: ކައުންސިލް

ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންދާ މަގުތައް ބޭނުންކުރަންވާނީ ހުޅުވާލުމުން: ކައުންސިލް

ހަނިމާދޫގައި ތާރުއަޅަމުންދާ މަގުތައް ނިންމައި ބޭނުން ކުރުމަށް ހުޅުވާނުލަނީސް އެ މަގުތައް ބޭނުން ނުކުރުމަށް ހަނިމާދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންގެންދާ މަގުތަކުގެ ތެރެއިން ތާރު ފަށަލަ އެޅުމަށްފަހު އެމަގުތައް ވަކިގަޑިތަކެއް ވަންދެން ބޭނުން ނުކޮށް ތާރުހިކުމަށް ބާއްވަންޖެހޭތީ، ބޭނުންކުރުން މަނާ ކުރެވިފައިވާ މަގެއްކަން އެންގުމަށްޓަކައި އިންޒާރުގެ ޓޭޕް ދަމާފައިވަނިކޮށް، އެޓޭޕް ކަނޑާލުމަށްފަހު މަގ...

އިބްރާހިމް ޚަލީލް
އިމްތިހާން ނަހަދައި، 25 ގައުމެއްގެ މީހުންނަށް ދާއިމީ ލައިސެންސް ދޫކުރާނެ

އިމްތިހާން ނަހަދައި، 25 ގައުމެއްގެ މީހުންނަށް ދާއިމީ ލައިސެންސް ދޫކުރާނެ

އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން އާންމުކޮށްފި އެވެ. އެ މިނިސްޓްރީން އިއްޔެ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަލަށް ގެނައި އިސްލާހާއެކު އެ މިނިސްޓްރީ ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސެންސެއް އޮތް މީހުންނަށް، އެ ޤާނޫނުގައި ބަޔާންކުރާ އިމްތިހާން ހެދުމަކައި ނުލާ ދާއިމީ ލައިސެންސް ދޫކުރެވޭނެ ކަމަށެވެ....

އަޙްމަދު އަރުޝަމް
ފުވައްމުލަކުގެ ކަރަންޓުގެ މައްސަލައަށް ފެނަކައިން ވަގުތީ ހައްލެއް ހޯދައިދީފި

ފުވައްމުލަކުގެ ކަރަންޓުގެ މައްސަލައަށް ފެނަކައިން ވަގުތީ ހައްލެއް ހޯދައިދީފި

ފުވައްމުލަކު ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ބުނެފިއެވެ. އެ ކުންފުނިން ވަނީ އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދި ނަމަވެސް، ކޮންމެހެން ބޭނުން ކުރަން ޖެހޭ ކަރަންޓުގެ އާލާތްތައް ނޫނީ މިވަގުތުބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. ފުވައްމުލަކުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑުނީ އެ ސިޓީގައި ބޭނުން ކުރަމުން އައި 2500 ކިލީވޮޓުގެ ޓްރާންސްފޯމާއަށް ދިމާވިޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން އެ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީގައި އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ

ކުޅުދުއްފުށީގައި އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ

ހދ. ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފްއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއާއެކު މިއަދު ކުރިއަށް ދިޔަ މި މަޝްވަރާއި ގުޅޭގޮތުން މެންބަރު ޔާސިރު ވިދާޅުވީ، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ފެނަކައިން ޔަގީންކަން ދެއްވި ކަމަށެވެ. މި ބައްދަލުވުމުގައި މި މަޝްރޫޢު އަވަހަށް ނިންމުމަށް، ފެނަކަ...

އަލީ އާދިލް
ދެވަނަ ކުއާޓާގައި އުރީދޫއަށް 97.6 މިލިއަން ރުފިޔާގެ ސާފު ފައިދާ

ދެވަނަ ކުއާޓާގައި އުރީދޫއަށް 97.6 މިލިއަން ރުފިޔާގެ ސާފު ފައިދާ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް ސާފު ފައިދާގެ ގޮތުގައި 97.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އުރީދޫއިން އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ކުއާޓާގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ވަނީލިބިފައެވެ. އެއީ މޯބައިލް ޖިދުމަތްތަކުން ލިބުނު 320 މިލިއަން ރުފިޔާ އާއި ފިކްސްޑް، ބްރޯޑްބޭންޑު އަދި އެންޓަޕްރައިސް ހިދުމަތްތަކުންލިބުނު 102 މިލިއަން ރުފިޔާގެ އިތުރުން އެހެން ހިދުމަތްތަކުން ލިބުނު 187000ރ. އެވެ. ދެވަނަ ކުއާޓާރުގައި އުރީދޫއަށް ލިބުނު އާމްދަނީ ފ...

އަޙްމަދު ވަހީދު
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ ގާނޫނުގައި ބަޔާންކުރާ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލާފައި ވާއިރު މި މަގާމަށް ކުރިމަތިލާ މީހުންގެ ފޯމްތައް ބަލައިގަތުމަށް ނިންމާފައި ވަނީ މިމަހުގެ 10 އަދި 11 ވަނަ ދުވަހުއެވެ. މިގޮތުން މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދެ ދުވަހުގެ ހެނދުނު 10:00 އިން މެނ...

ޔުމްނާ ޢަލީ
އަނެއްކާވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި

އަނެއްކާވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 13 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. މިފަހަރު ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ އަންނަ ސެޕްޓަމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރަށްވާ މިއަދު މެންދުރު އާންމުކުރެއްވި ”އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާން ކުރާ ގަރާރު” ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 2...

ޔުމްނާ ޢަލީ
މާލޭގެ މަގުތަކުގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި އެއްގަމު އުޅަނދުތައް ނަގަންފަށައިފި

މާލޭގެ މަގުތަކުގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި އެއްގަމު އުޅަނދުތައް ނަގަންފަށައިފި

މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެފައިވާ، ހަލާކުވެ ނުދުއްވާ ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ތެރޭގައި އުކާލެވިފައި، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕެރޭޝަނެއް މިއަދު ފެށިފައިވާ ކަމަށެވެ. އަދި މި އޮޕެރޭޝަން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކަމަށް ވެސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ. Male thereygai ukaalaafai, beynun […]

އަޙްމަދު އަރުޝަމް
އެސްޓީއޯ ބޭސް ފިހާރަތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފި

އެސްޓީއޯ ބޭސް ފިހާރަތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޭސް ފިހާރަތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އިއްޔެއިން ފެށިގެން މި ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ދެނީ ކަރުދާސް ކޮތަޅު ކަމަށްވެސް ވަނީ ބުނެފައެވެ. https://twitter.com/stoplc/status/1422041912836382725?s=19 މި ބަދަލު ގެނައީ މިހާތަނަށް މާލޭގައި ހުރި އެސްޓީއޯ ފާމަސީތަކުގައެވެ. ރަށްރަށުގައި ހުރި ފާމަސީތަކުގައިވެސް ވަރަށް އަވަހަށް ކަރުދާސް ކޮތަޅު ބޭނުން...

އަޙްމަދު ވަހީދު
މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހު ފަށަނީ

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގަތީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަށް ބަދަލު ގެނައިފަހުން، އަހަރުގެ ތެރޭގައި އަންނަ މަޖިލީހުގެ އެންމެ ކުރު ދައުރަކީ މަޖިލީހުގެ 2 ވަނަ ދައުރެވެ. މިބަދަލާއެކު މަޖިލީހުގެ ދެވަނަ ދައުރުގެ […]

ޝިއުނާ އާދަމް
އަނގޮޅިތީމު ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި

އަނގޮޅިތީމު ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފި އެވެ. އެ ކުންފުނިން މައުލޫމާތު ބުނިގޮތުގައި، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް 24 ޖޫން 2021 ވަނަ ދުވަހު ވަނީ ނިމިފައެވެ. އަދި ޕޭވްމަންޓް ހެދުމުގެމަސައްކަތުގެ 55 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 42،615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ […]

އަޙްމަދު ވަހީދު
ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަހަރުގެ ޑިސެމްބަރުގައި

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަހަރުގެ ޑިސެމްބަރުގައި

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ވާޗުއަލް ކޮށް ބޭއްވުމަށް ނިންމައިފިއެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގެ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކޮންމެ އަހަރަކު ބާއްވަމުންގެންދާ މުބާރާާތެކެވެ. މިއަހަރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ވަރޗުއަލް ކޮށް ކުރިއަށް ގެންދާ މި މުބާރާތާއިގުޅޭ ޤަވާޢިދު ކައިރި މުސްތަޤްބަލެއްގައި އިޢުލާންކުރެވޭނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއެވެ. ކޮންމެ އަހަރަކު ބޭއްވޭ މި...

އަޙްމަދު އަރުޝަމް
އިޔާޟުގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިއުނަލްގެ އަމުރެއް

އިޔާޟުގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިއުނަލްގެ އަމުރެއް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފު އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކި ކުރި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އޭނާ ހުންނެވި މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމްއެންޔޫ އަށް އަމުރުކޮށްފިއެވެ. އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް ޑރ. އިޔާޟު ވަޒީފާއިން ވަކިކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ...

އަޙްމަދު އަރުޝަމް