މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 105 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ.

Ad
rt

އެސްޓީއޯއިން އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީމިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އާ އަޅާ ބަލާއިރު އެއް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެކުންފުންޏަށް ލިބުނީ 1.2 ބިލިއަންރުފިޔާގެ އާމްދަނީއެކެވެ.

އާމްދަނީގެ ބޮޑުބައެއް ހިއްސާކޮށްފައިވަނީ އެސްޓީއޯއިން ކުރާ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީއެވެ. އެގޮތުން ތެލުގެ ވިޔަފާރިން 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެ ނޫން ވިޔަފާރިތަކުން އެސްޓީއޯއަށް ލިބުނީ 770 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އާމްދަނީއާއި ސާފު ފައިދާގެ އިތުރުން ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ޖުމުލަ ހަރަދުވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައެވެ.

އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ޖުމުލަ ހަރަދު 255 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.