ކޯވިޑް-19ގެ މި ދަނޑިވަޅު ދަތުރު ކުރުން ރައްކާތެރި ގައުމުތައް ކަމަށް ބަލައިގެން ޔޫއޭއީން އެކުލަވައިލާ ގްރީން ލިސްޓުގައި އަނެއްކާވެސް ރާއްޖެ ހިމަނައިފިއެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކޯވިޑް ކޭސްތައް މަދުވެ ހާލަތު ރަނގަޅުވުމުން ޔޫއޭއީން ވަނީ އެ ގައުމުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފައެވެ. ނަމަވެސް މިއަހަރު ރާއްޖޭގެ ހާލަތު ގޯސްވުމާއެކު އެ ލިސްޓުން ރާއްޖެ އުނިކުރިއެވެ.
ޔޫއޭއީގެ ގްރީން ލިސްޓުގައި ހިމެނޭ ގައުތަކުން އެ ގައުމަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެއެވެ. ނަމަވެސް ދަތުރު ކުރާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެއެވެ.
މި ލިސްޓުގައި ރާއްޖެ ހިމެނުމުން އެކި ގޮތްގޮތުން ރާއްޖެއަށް ފައިދާ ކުރާނެއެވެ. އެގޮތުން ދިވެހިންނަށް ޔޫއޭއީގެ ގައުމުތަކަށް ކަރަންޓީނާ ނުލައި ދަތުރު ކުރެވޭއިރު ޔޫއޭއީގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ކަރަންޓީން މަންޒިލަކަށް ރާއްޖެ ވެދާނެއެވެ.
ކުރިންވެސް ރާއްޖޭގައި ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ފަތުރުވެރިންގެ ގޮތުގައި ގިނަ ބަޔަކު ވަނީ އައިސްފައެވެ. މީގެ ސަބަބުން ކަރަންޓީން ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ފާހަގަވެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!