ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ވަރު ދެނެގަންނަން ހާއްސަ ޕްރޮގްރާމެއް ހިންގަނީ
ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް “ރިސްކް އެސެސްމަންޓް” ހަދަން ކޭސް ވޯކަރުންނަށް އިތުރު ތަމްރީނު ދޭން ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ޔޫއެންއޯޑީސީއާ ގުޅިގެން ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ފެށި މިތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު ކަމަށެވެ. މިނިސްޓްރީން ބުނިގޮތުގައި މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު, ޑިޕާރޓްމަންޓް އޮފް ޖުވެނައ...