މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އެންމެ ފަހުގެ ލިޔުންތައް

39,422 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1596 ވަނަ ޞަފްޙާ

އާ ސީޕްލޭން ޓާމިނަލް ދިވެހި ސަރުކާރާއި ހަވާލުކޮށްފި

އާ ސީޕްލޭން ޓާމިނަލް ދިވެހި ސަރުކާރާއި ހަވާލުކޮށްފި

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ހުޅުލޭގައި ތަރައްގީ ކުރި އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފިއެވެ. ބީޔޫސީޖީއާ ހަވާލާދީ ޗައިނާގެ ޒިންހުއާ ނޫހުގައި ބުނެފައިވާ ގޮތުގައި ޓާމިނަލް މިހާރުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އާ ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން ބީޔޫސީޖީގެ ޕްރޮޖެކްޓު ޑިރެކްޓަރު ޒެން ފެންލިން ވިދާޅުވީ އާ ޓާމިނަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ރަނގަޅުވެ އިގްތިސާދަށް ބޫސްޓެއް އަންނާނެ ކަމަށެވެ...

އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހދ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހދ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓު ޚިދުމަތް އަލުން ފަށައިފި އެވެ. އެކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ޖުލައި މަހުގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހދ. ކުޅުދުއްފުށި ސިޓީ މޮނިޓަރިން އަށް ލުމާއި ގުޅިގެން ހުއްޓިފައި އޮތް ޓްރާންސްޕޯޓު ޚިދުމަތްތައް، އެރަށް މޮނިޓަރިންގ އިން އުވާލުމައި ގުޅިގެން މިއަދުން ފެށިގެން އެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށެވެ. ފްލޫ ކްލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި […]

އަޙްމަދު އަރުޝަމް
ސްޕޭސް ސޫޓުތައް ލަސްވެ 2024ގައި ހަނދަށް ދެވޭނެކަމާމެދު ސުވާލު އުފެއްދިއްޖެ

ސްޕޭސް ސޫޓުތައް ލަސްވެ 2024ގައި ހަނދަށް ދެވޭނެކަމާމެދު ސުވާލު އުފެއްދިއްޖެ

ޖައްވުގައި އެސްޓްރޮނޮޓުން ލައިގެން ތިބޭ ސްޕޭސް ސޫޓުތައް ނިމޭ ކަމަށް ލަފާ ކުރި ތާރީހަށްވުރެ ލަސްވުމުން 2024ގައި ނާސާއިން ހަނދަށް ދާން ކުރި ޕްލޭން ފެއިލް ވެދާނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ. ނާސާއިން ހެދި އޮޑިޓުގައި ދައްކާގޮތުގައި ސްޕޭސް ސޫޓުތައް ނިމޭނެ ކަމަށް ލަފާ ކުރި ތާރީހަށްވުރެ 2 އަހަރު އިތުރަށް ނަގާނެއެވެ. އެހެންކަމުން އެންމެ އަވަސްވެގެން ވެސް މި ސޫޓުތައް ނިމޭނީ 2025ގައި ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ނާސާއިން މިހާރުވެސް އިންޓަނޭޝަނަލް […]

އަޙްމަދު ވަހީދު
ފަޟީލް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބު

ފަޟީލް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބު

ހއ. ދިއްދޫ ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މިއަދު ކުރެވުނު އޮޕަރޭޝަން ކާމިޔާބު ކަމުގައި، ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ރަށު ޖަމްޢިއްޔާއެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފިއެވެ. އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި ފަޟީލްގެ ހާލުވެސް އަދި ކިޑްނީ ހަދިޔާކުރި އޭނާގެ ބޭބެގެ ހާލުވެސް ރަނގަޅެވެ. ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އިންޑިއާގެ މިއޮޓް ހޮސްޕިޓަ...

އިބްރާހިމް ޚަލީލް
9،000 ލީޓަރުގެ ބަނގުއާވި ނައްތާލައިފި

9،000 ލީޓަރުގެ ބަނގުއާވި ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 9،000 ލީޓަރުގެ ބަނގުއާވި ބަނގުއާވިތަކެއް ނައްތާލައިފިއެވެ. އެތަކެތި ނައްތާލާފައިވަނީ އިއްޔެ ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައިކަމަށް ކަސްޓަމްއިން މަޢުލޫމާތު ދެއްވަ އެވެ. “ނައްތާލާފައިވަނީ 300 ކެގުގެ ބަނގުއާވި، އެއީ ޖުމްލަ 9،000 ލީޓަރުގެ ބަނގުއާވި” ކަސްޓަމްސްއިން ބުނެފައިވެއެވެ. އެ ތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 މާއްދާގެ ދަށުން ބޮންޑަޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި އެވެ. މިލޯގޯ ފާސްކޮށްފައިވަނީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާގަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިޖަލްސާގައި ލޯގޯގެ އިތުރުން ކައުންސިލްގެ ރަސްމީ ކުލަވެސް ފާސްކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ރަސްމީ ކުލައިގެ ގޮތުގައި ފާސްކޮށްފައިވަނީ ގޯލްޑް އާއި ނޭވީ ބުލޫ އެވެ. އެކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ލޯގޯއިން ރަމްޒުކޮށް ދެނީ ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ މާލިމީންގެ ރަށެއް ކަމ...

އިބްރާހިމް އަސްވާޤް
ދިއްދޫ އަންހެނުންގެ ކޮމިޓީން އެރަށު ޕްރީ ސްކޫލަށް ކާޕެޓް ހަދިޔާ ކޮށްފި

ދިއްދޫ އަންހެނުންގެ ކޮމިޓީން އެރަށު ޕްރީ ސްކޫލަށް ކާޕެޓް ހަދިޔާ ކޮށްފި

ހއ. ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީން އެރަށު ޕްރީސުކޫލަށް ސިންތެޓިކް ކާޕެޓް ހަދިޔާ ކޮށްފި އެވެ. ދިއްދޫ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޣާޒީ މުޙައްމަދު ޕްރީސުކޫލުގެ އެދިލެއްވުމުގެ މަތިން އިއްޔެ ވަނީ އެ ސްކޫލުގެ ކޮންމެ ކްލާހަކަށް 6 ފޫޓޫ 6 ފޫޓުގެ ކާޕެޓް ހަދިޔާކޮށްދީފައެވެ. އެރަށު އ.ތ.މ ކޮމިޓީގެ ރައީސް އާމިނަތު ނަހުލާ “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމަކީ އެ ކޮމިޓީގެ އެދިލެއްވުމުގެ މަތިން ސްކޫލާއެކު ބޭއްވި […]

އަޙްމަދު އަރުޝަމް
ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. މިއަދު ފަތިހު 04:30 ހާއިރު ފުރައިގެން ދަތުރުކުރި ބޯޓު ބަނޑުން ޖަހާލައިފާ ވަނީ މިއަދު ހެނދުނު 10:30 ހާއިރުކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވިއެވެ. މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު މެންދުރު 14:48 ގައި ކަމަށާއި އެވަގުތުން ފެށިގެން ދޯންޏާއި ފަޅުވެރިން ސަލާމަތް ކުރަން ކޯސްޓް ގާޑު ހަރަކާތް ތެރިވެފައިވާކަމަށް މީޑިއާތަކަށް […]

އަޙްމަދު އަރުޝަމް
12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެކްސިން ދޭން ފަށަނީ

12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެކްސިން ދޭން ފަށަނީ

ރާއްޖޭގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ކޮވިޑް-19 އިން ރައްކާތެރިވުނަށް ދެވޭ ވެކްސިން ދޭން ފަށަން ސަރުކާރުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގެ 12 އަހަރުން މަތީގެ އެންމެންނަށް ދެވޭވަރަށް މިހާރު ވެކްސިން ގެނެސްފައިވާކަމަށާއި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ފައިޒާ ވެކްސިން ދޭން ފެށޭނެ ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު […]

އަޙްމަދު އަރުޝަމް
ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓު ޚިދުމަތް އަލުން ފަށައިފި އެވެ. އެކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ޖުލައި މަހުގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހއ. ދިއްދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން ހުއްޓިފައި އޮތް ޓްރާންސްޕޯޓު ޚިދުމަތްތައް، އެރަށް މޮނިޓަރިންގ އިން އުވާލުމައި ގުޅިގެން މިއަދުން ފެށިގެން އެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި ޕޭޝެންޓެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު […]

އަޙްމަދު އަރުޝަމް
ކޭއާރުއެޗް ބޮޑުކޮށް މަރާމާތުކުރުމުގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ

ކޭއާރުއެޗް ބޮޑުކޮށް މަރާމާތުކުރުމުގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލު ބޮޑުކޮށް މަރާމާތުކުރުމުގެ 67 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ހިނގާ ސަރަހައްދުގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ލެބޯޓްރީއަކާއި ވާރޑް އިމާރާތެއް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެއެވެ. ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 67 ޕަސެންޓް ނިމިއްޖެ. މި މަޝްރ...

އަޙްމަދު ވަހީދު
ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި

ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި

ހއ.ފިއްލަދޫގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެއް ކަމުގައިވާ ދައްޕަރަށް ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ. މިކަން އަންމު ކުރުމުގެ ގޮތުން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/7 ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ، ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ އުސޫލުގެ ދަށުން، 18 މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އ...

އިބްރާހިމް ޚަލީލް
އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރެއް ނެތް: ރައީސް

އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރެއް ނެތް: ރައީސް

އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރު މޫލަމުންދާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލައަކީ މުޅި ރާއްޖޭގައި ފެތުރެމުންދާ އެއްޗެއް ކަމަށެވެ. އެހެންވެ ކޮންމެ ތަނެއްގައިވެސް އެ މައްސަލަ ދިމާވުން އެކަށީގެންވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަކު ވަކިން ހާއްސަކޮށް އެމްޑީޕީ ތެރޭގައި އެ ފިކުރު މޫލަމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް...

ޝިއުނާ އާދަމް
ފީވަކުން އަނެއްކާވެސް އިތުރު 5 މީހުން ޕޮޒިޓިވްވެއްޖެ

ފީވަކުން އަނެއްކާވެސް އިތުރު 5 މީހުން ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އަނެއްކާވެސް އިތުރު 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ސާމްޕަލް ތަކާއެކު އިއްޔެ އެރަށުން 24 ސާމްޕަލް އެއް ވަނީ ނެގިފައެވެ. އޭގެތެރެއިން 19 ސާމްޕަލް ވަނީ ނެގެޓިވް ވެފައެެވެ. މިދިޔަ ހޯމަ ދުވަހުވެސް އެރަށުން ވަނީ 5 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި ކޭސްތަކާއެކު މިހާތަނަށް ފީވަކުން ކޮވިޑަށް ޕޮޒިޓިވްވެފައި ތިބި ފަރާތްތަކުގެ އަދަދު 103 އަށް ވަނީ އަރާފައެވެ. އަދި ބަލިޖެހުނު ފަރާތްތަކުގެ […]

އަޙްމަދު އަރުޝަމް
ކޮމްޕްރޮމައިޒްކުރަން ޖެހޭނެ ލިޔުމެއް އަލީ ވަހީދު އަތުގަ ނޯންނާނެ: ރައީސް

ކޮމްޕްރޮމައިޒްކުރަން ޖެހޭނެ ލިޔުމެއް އަލީ ވަހީދު އަތުގަ ނޯންނާނެ: ރައީސް

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ކޮމްޕްރޮމައިޒްކުރަން ޖެހޭ ފަދަ ލިޔުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދޮގުކުރައްވައިފިއެވެ. ބުދަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ކޮމްޕްރޮމައިޒްކުރަން ޖެހޭ ކަހަލަ އެއްވެސް ލިޔުމެއް ނުވަތަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި...

ޝިއުނާ އާދަމް
ހިިރިމަރަދޫ ކައުންސިލާ އެމްޑަބްލިއުއެސްސީން ބައްދަލުކޮށްފި

ހިިރިމަރަދޫ ކައުންސިލާ އެމްޑަބްލިއުއެސްސީން ބައްދަލުކޮށްފި

ހދ. ހިރިމަރަދޫ ކައުންސިލް މެމްބަރުންނާ މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައްދަލުކުރައްވައިފި އެވެ. ޝާހު ކައުންސިލާ ބައްދަލު ކުރެއްވީ އެ ރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ. ހިރިމަރަދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓުގައި 13.6 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. އެމްޑަބްލިއުއެސްސީން މިހާރުވެސް އަންނަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރަމ...

އަޙްމަދު ވަހީދު
މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދަތުރުކުރުމާ ގުޅޭ އުސޫލެއް ކަނޑައަޅައިފި

މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދަތުރުކުރުމާ ގުޅޭ އުސޫލެއް ކަނޑައަޅައިފި

އަތޮޅުތެރޭގެ ރަށްރަށުގައި 60 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށް އަދިވެސް ބައެއް އެހެން ޝަރުތުތައް ފުރިހަމަވާ ނަމަ ވެކްސިން ނުޖަހާ ފަތުރުވެރިންނަށް އެ ރަށްރަށަށް ދެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ. އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓު ހައުސްތަކަށް ޗެކްއިން ކުރެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށެވެ. އެކަމަކު ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ވެސް ރަށުގެ އާބާސީ...

ޝިއުނާ އާދަމް
އަލީ ވަހީދު ދެމަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އަލީ ވަހީދު ދެމަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އަލީ ވަހީދު ދެމަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ހުކުމް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކަށް ވެސް ވަނީ އަންގާފައެވެ. އަލީ ވަހީދު ޓުރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ދައުވާ އުފުލާ އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި […]

ޝިއުނާ އާދަމް