މާލެ ސަރަހައްދުގެ ގެތަކުން ވެމްކޯއިން ކުނި ނަގާ ވަގުތުތައް ބަދަލު ކޮށްފައިވާ ކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

Ad
rt

ނަމަވެސް އެ ކުންފުނިން އަދިވެސް ކުނި ނަގަމުން ދަނީ އޭޕްރިލް މަހު އިއުލާން ކުރި ވަގުތުތަކާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭޕްރިލް މަހުން ފެށިގެން ވެމްކޯއިން މާލެ ގޭބިސީތަކުން ކުނި ނަގަނީ ރޭގަނޑު 10:00އާ 11:00އާ ދެމެދުގެ ވަގުތުތަކުގައެވެ. ގެތަކުން ކުނި ބޭރަށް ނެރެން ބުނެފައިވަނީ ވެސް މި ވަގުތުތަކުގައެވެ.

ވެމްކޯއިން ބުނީ އެ ކުންފުނިން ކުނި ނަގާ ވަގުތަށް ބަދަލު ގެންނާނީ އެޗްޕީއޭއާއި ސަރުކާރާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.