2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ހއ. މޮޅަދޫ އިރު އުތުރު ފަޅުތެރެއަށް ލައްވި މަސްބޯޓެއް ނީލަމުގައި ވިއްކާލުމަށް އެރަށު ކައުންސިލުން ކުރިން ކުރި އިއުލާނެއް އެދެވޭ ތަރުހީބެއް ނުލިބުމުން ނީލަން ފެށޭއަގު ކުޑަކޮށް އަލުން އެ ބޯޓު ވިއްކާލުމަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަސްބޯޓުގައި ގާތްގަނޑަކަށް 25 ފޫޓު ދިގުމިން ހުންނާނެކަމަށާއި މަސްބޯޓު ލައްވި އިރު ބޯޓު އޮތީ ބަންޑުންކަމަށްވެސް މޮޅަދޫ އެކައުންސިލުން ބުނެއެވެ.

Ad
rt

މީގެ ކުރިން ނީލަމުގައި މި ބޯޓު ވިއްކުމަށް އިއުލާނު ކުރެވުނުނު ނަމަވެސް އެއްވެސް ފަރާތަކުން އަގު ހުށައަޅާފައި ނުވާކަން ފާހަގަކުރައްވާ މޮޅަދޫ ކައުންސިލުން ވިދާޅުވީ އަގު ކުޑަކޮށް އަލުން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން، ނީލަންފެށޭ އަގަކީ 500 ރުފިޔާ ކަމަށާއި ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 100 ރުފިޔާ ކަމަށް އެ އިއުލާނުގައި ވިދާޅުވިއެވެ. ކުރިން މިބޯޓު ވިއްކާލަން ހުޅުވާލީ ނީލަންފެށޭ އަގަކަށް 2000.00 ރުފިޔާއެވެ.

މި ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން ބޯޓު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުމަށް މޮޅަދޫ ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މޮޅަދޫ ކައުންސިލްގެ ނަންބަރު: 6500031 ފޯނަށް ގުޅުމަށް މޮޅަދޫ ކައުންސިލުން އެދިލައްވައެވެ.

މި ބޯޓު ނީލަމުގައި ވިއްކާލަށް ފުރަތަމަ އިއުލާން ކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުއެވެ.