ހިޔާ ފްލެޓުތަކުގައި ފެނުގެ މައްސަލަ އުޅެނީ ކޮންޓްރެކްޓަރުގެ މީޓަރުތަކަކާ ހެދި: ޝާހު
ހިޔާ ފެލްޓުތަކުގެ ފެން ބިލްތަކުގައި މައްސަލަ ދިމާވަނީ ކޮންޓްރެކްޓަރުގެ ފެން މީޓަރުތަކެއް ބޭނުން ކުރާތީ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރި ޝާހު އަލީ ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ މީޓަރުގެ އިތުރުން ފެން ހޮޅިތަކަކީވެސް ކޮންޓްރެކްޓަރުގެ އަމިއްލަ ތަކެތި ކަމަށެވެ. އެއީ އެމްޑަބްލިއުއެސްސީން ބޭނުން ކުރާ ތަކެއްޗާ ތަފާތު ތަކެތި ކަމަށާއި އެހެންވެ މައްސަލަ އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހު ވިދާޅުވީ އެ ކުންފުނިން ބެލި ބެލުމުގައި ގިނަ މީޓަރުތަކެއްގައި މައް...