އިސްރާއީލުގެ ފުޅާވަމުން އަންނަ އުދުވާންތަކާއި، ލުބުނާނާއި ފަލަސްތީނުގެ ހާލަތު ގޯސްވަމުންދާ މައްސަލައިގައި، ސައުދީ އަރަބިއްޔާ، ތުރުކީވިލާތް އަދި ޕާކިސްތާނުގެ އިސް ވަފުދުތައް އީރާނުގެ ވެރިރަށް ތެހެރާނަށް ގޮސް އީރާނުގެ ވެރިންނާ އެކު ސަލާމަތީ ގޮތުން ކުއްލި މަޝްވަރާތަކެއް ފަށައިފިއެވެ. މި ބައްދަލުވުމަކީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ނަތީޖާއާ ގުޅިގެން، އީރާނުގެ އިސްނެގުމަކަށް ބާއްވާ ބައްދަލުވުމެއް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ތެހެރާނުގައި ބާއްވާ މ...
ނާޒިމާ އަލީ
ސިއްހީ ދާއިރާގެ ތައުލީމު ކުރިއެރުވުމަށާއި، މި ދާއިރާއަށް އަންނަމުންދާ އައު އީޖާދުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ “ބުޓީކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން” (އައިސީއެމްއީ) 2026 ރާއްޖޭގައި ފަށައިފިއެވެ. މި ކޮންފަރެންސް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އެއަށްފަހު ކޮންފަރެންސްގެ ފެށުމުގެ ހިތާބު އިއްވަވައިދެއްވީ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި މިހާރު ކުރިއަށްދާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ކުޅުދުއްފުށި ސިޓީއިން ވާދަކުރި ތިން ފަރާތަކުން މައުރަޒުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލުކޮށް އެވޯޑު ހޯދައިފިއެވެ. ކުޅުދުއްފުށި ސިޓީން މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވަނަތަކެއް ހާސިލުކޮށްފައިވަނީ އެ ރަށު ރެޑިއަމްގޭ ސާމިޔާ އާދަމްއެވެ. ސާމިޔާ ވަނީ މައުރަޒުގެ ފޮޓޯގްރަފީ ދާއިރާއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދައި، އެ ދާއިރާގެ ހުރިހާ ވަނައެއް ފުރިހަމަކޮށްފައެވެ. މ...
ފާތިމަތު ސަޙާ
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އިންފިރާދީ އިނާމު، ބެލޮންޑިއޯ ހަވާލުކުރުމުގެ ހަފުލާ ހޯމަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ފިރިހެން ކުޅުންތެރިންގެ ކެޓަގަރީން އެވޯޑު ހޯދުމުގެ އެންމެ ކުރީގައި އޮތީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންގެ ނަމެވެ. އޭނާއާ އެންމެ ގާތުން ދެން ވާދަކުރަނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަދި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. މިދިޔަ 2025-26 ސީޒަނުގައި ހުރިހާ މުބާރާތެއްގައި ޖުމްލަ 73 ލަނޑު ކާމިޔާބުކޮށްފައ...
އައިޝަތު ޢާދަމް
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެ އިލްތިޒާމު ފުރިހަމަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާންކޮށްދީފިއެވެ. އެމްއެމްއޭ އިން މިއަދު ބުނީ، ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ފައިސާ މާރުކުރުމުގެ އިލްތިޒާމު އަދާކުރަމުން ގެންދިއުމަކީ ލާޒިމު ކަމެއް ކަމަށެވެ. މިގޮތުން، ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ، އެ މަހާ ޖެހިގެން […]
އަޙްމަދު ވަހީދު
އީރާނުގެ ސަރަޙައްދީ ނަޒާހަތްތެރިކަމަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކަށް ވެސް ހީވެސް ނުކުރާ ފަދަ ގޮތަކަށް ރައްދު ދިނުމަށް އެ ޤައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެއެވެ. ވަށައިޖެހޭ ފުރިހަމަ ހަނގުރާމައެއްގެ ބިރުދެއްކުމަކުން ނުވަތަ މީހުން މަރައި ނައްތާލުމުގެ އޮޕަރޭޝަންތަކަކުން ވެސް އީރާނުގެ ރައްޔިތުން އެމީހުންގެ ޙައްޤުތަކާއި މަސްލަހަތުތައް ދޫކޮށްލުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. އީރާނުގެ ތަސްނީމް...
ނާޒިމާ އަލީ
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ ފެށުމަށް ހަމަޖައްސާފައި ވަނީ އެރޭ 8:30 ގައެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން […]
ޔުމްނާ ޢަލީ
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ހއ. އިހަވަންދޫ ކައުންސިލާއި އެ ރަށުގެ ފަންނުވެރިންނާއި އުފެއްދުންތެރިން ބޮޑެތި ކާމިޔާބީތަކެއް ހޯދައި، ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހާސިލުކޮށްފިއެވެ. މި މައުރަޒުގައި އިހަވަންދޫ ތަމްސީލުކުރި ފަރާތްތަކުން ވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މޮޅު ހުށަހެޅުންތަކެއް ދައްކައިދީފައެވެ. މި މައުރަޒުގައި ރަށު ކައުންސިލްތަކުގެ ދާއިރާއިން ވާދަކޮށް، ހއ. އިހަވަންދޫ ކައުންސިލުން ވަނީ 3 ވަނަ ކާމިޔާބުކޮށްފައެވެ. މިއީ ރަށު ފެންވަރުގައި ތައްޔާރުވެ، މައުރަޒުގައި ބައިވ...
ފާތިމަތު ސަޙާ
ހއ. ފިއްލަދޫ އަތިރިމަތީގައި ނަންބަރު ޖަހާފައި ހުރި ރުއްތައް ވަރުވާއަށް ނަގައި، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ކަމަށްވާ “ހޮލިޑޭ މޯލްޑިވްސް ފިއްލަދޫ”އާ އެ ރަށު ކައުންސިލުން ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ސަރަޙައްދުގައި ހުރި ޖުމްލަ 96 ރުއް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން ކޮންމެ ރުކަކަށް މަހަކު ފަސް ރުފިޔާގެ ރޭޓުން ވަރުވާ ދައްކަންޖެހޭނެ ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު “ތިލަދުން”އަށް […]
ފާތިމަތު ސަޙާ
ލ. ކައްދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި އެކްސިޑެންޓާ ގުޅިގެން ސައިކަލް ދުއްވި މީހާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިނގި އެ އެކްސިޑެންޓް ހިނގީ ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ ލ. މާވަށު އެތުމާ، މަރްޔަމް މޫސާ އާއި އޭނާގެ މާމަދަރިފުޅުގެ ގައިގައި ސައިކަލުން ޖެހިގެންނެވެ. އަދި […]
ހުސައިން ހަބީބް
މިދިޔަ އޮގަސްޓު މަހު އިނގިރޭސިވިލާތުގެ ލިވަޕޫލް ދޫކޮށް ތުރުކީގެ ޓްރެބްޒޮންސްޕޯއަށް ބަދަލުވި މިސްރުގެ މަޝްހޫރު ފުޓުބޯޅަ ތަރި މުހައްމަދު ސަލާހުގެ ސަބަބުން، އެ ގައުމުގެ ޓްރެބްޒޮން ސިޓީގެ ފުޓުބޯޅައަށާއި އިގުތިސޯދަށް ވަނީ ބޮޑު އިންގިލާބެއް އައިސްފައެވެ. ޓްރެބްޒޮން ސިޓީއާ އެއް ގަޑިއިރަށް ވުރެ ދުރުގައި އޮންނަ އުސް ފަރުބަދަމަތީ އަވަށެއްގެ ހިލަގަނޑެއްގެ މަތީގައި އިނދެ ނަގާފައިވާ ފޮޓޯއެއް ސަލާހު މިދިޔަ މަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ހިސާބުން ފެށިގެން، އޭނާ އިން ގޮތަށް ފޮޓޯ ނެގުމަށް ސަޕޯޓަރުން […]
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށީ ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެ ރަށުގެ ކޮމިއުނިޓީ ސެންޓަރުގައި ފެންބޮޑުވުމާ ގުޅިގެން، އެ ތަން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ކޮމިއުނިޓީ ސެންޓަރު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ ވިއްސާރައިގައި އެ ސެންޓަރުގެ ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ތަން އަލުން ހުޅުވުމުން އެކަން ރައްޔިތުންނަށް އަންގާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގެ ގިނަ ސަރަހައްދުތަކެއްގައި...
ފާތިމަތު ސަޙާ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި 6.75 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަންގްލަދޭޝްގެ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް (20އ) އާއި، އެމްޑީ މިޒަންނޫރު ރަހްމާން (41އ) އާއި، މިރްޒާ އަލް އަމީން (30އ) ގެ އިތުރުން އެމްޑީ އަރްމާން އަލީ (21އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތ...
އަލީ އާދިލް
1 މިނިޓު
ބޭ އޮފް ބެންގާލްގެ އިރުމައްޗާއި ހުޅަނގު މެދުތެރޭގައި އުފެދިފައިވާ ސައިކްލޯނިކް ތޫފާން “އަރްނަބް” އިތުރަށް ބާރުގަދަވަމުންދާތީ، އިންޑިއާގެ އަންދްރަޕްރަދޭޝް އަދި އޮޑިޝާގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކަށް ރަތް އެލާޓް ނެރެފިއެވެ. މިއަދު، ހެނދުނު އިންޑިއާ ގަޑިން 08:30 ގައި މި ތޫފާން ހުރީ ބޭ އޮފް ބެންގާލްގެ އިރުމައްޗާއި މެދުތެރެ އަދި ހުޅަނގު މެދުތެރެއާ ގުޅޭ ސަރަހައްދުގައި، ލެޓިޓިއުޑް 15.4 ޑިގްރީ އުތުރު އަދި ލޮންގިޓިއުޑް 88.5 ޑިގްރީ އިރުގައެވެ. ވޭތުވެދިޔަ ހަ ގަޑިއިރުގެ ތެރޭގައި ތޫފާން […]
އަލީ އާދިލް
ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އަޙްމަދު ނަޞީރު (62އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ...
އަލީ އާދިލް
ހއ. ތަކަންދޫ ކައުންސިލްގެ “ޝަހީދުޢަލީ ތަކުރުފާނު މެމޯރިއަލް ކަޕް 2026″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ތަކަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކުޅިވަރު ފިއެސްޓާއެކެވެ. މި ފިއެސްޓާގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަންހެނުންގެ ވޮލީ މުބާރާތާއި، ފިރިހެނުންގެފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 25 ނޮވެމްބަރ 2026 ކަމަށް ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. މީގެއިތުރުން މުބާރާތުގައި ބައިވެރިވާ ޓީމްތަ...
ފާތިމަތު ސަޙާ
ސްޕެނިޝް ލީގުގެ ވާދަވެރި އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ އަތުން ރެއާލް މެޑްރިޑް ހޯދި މޮޅަކީ މުޅި ޓީމުގެ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށާއި، މި މޮޅުން ލީގުގެ ރޭހަށް އެނބުރި އާދެވުނު ނަމަވެސް ސީޒަން އަދި ނުނިމޭ ކަމަށް އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ. އާދީއްތަ ދުވަހު ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލް މެޑްރިޑަށް ދެ ލަނޑުވެސް ޖަހައިދިނީ އެމްބާޕޭއެވެ. މެޗުގެ […]
އަޙްމަދު ވަހީދު
ސާބިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި އެލެކްސެންޑަރ ވޫޗިޗްގެ މައްޗަށް، ކޮރަޕްޝަނާ ދެކޮޅަށް އުފެދުނު ދަރިވަރުންގެ ހަރަކާތުން ތާރީޚީ ކާމިޔާބީއެއް ހޯދައި، އެ ގައުމުގެ އަވަސް ބަރުލަމާނީ އިންތިޚާބުގައި އަޣުލަބިއްޔަތު ހޯދުމާ ގާތަށް ޖެހިލައިފިއެވެ. ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުޒާހަރާތަކަށް ފަހު ބޭއްވި މި އިންތިޚާބުން ބަލިވެވަޑައިގެންނެވިކަން ރައީސް ވޫޗިޗް އަމިއްލަފުޅަށް މިހާރު ވަނީ އިއުލާނު ކުރައްވައިފައެވެ. ވޯޓު ގުނުމުގެ ސާމްޕަލްތަކަށް ބަލާއިރު، 250 ގޮނޑި ހިމެނޭ ބަރުލަމާނުން އި...
ނާޒިމާ އަލީ