ހއ އުލިގަމުގައި އަހަރަކު ބާއްވަމުން އަންނަ "ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު" އަށް، ލޯގޯއާއި ޓީޝާޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
އުލިގަމު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގައި ކޮންމެ އަހަރަކު ބާއްވަމުންދާ މަސް ފިހުމުގެ ބޮޑު ހަރަކާތުގައި ބޭނުން ކުރާ ޓީޝާޓްތަކާއި ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލެވިފައިވާކަމަށާއި، ލޯގޯ އާއި ޓީޝާޓް ފަރުމާ ކުރުމަށްފަހު މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
މި ލޯގޯ އާއި ޓީޝާޓްތައް ފަރުމާ ކުރުމަށް ފަހު ހުށައަޅަންޖެހެނީ ކޮރަލް ޑްރޯ (crd) ފޯމެޓް އަށެވެ. އަދި މިފައިލް uligamcouncil@gmail.com އަށް ފޮނުވުމަށް އެ ކައުންސިލް އިން ވަނީ އެދިފަ އެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 7759261 ނަންބަރ އާއެވެ.
އިޖުތިމާއީ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް އެރަށުގައި ކޮންމެ އަހަރަކު ބާއްވާ މި ހަރަކާތުގައި ބައިވެރިވާން ކައިރި ރަށްރަށުން ވެސް މީހުން ދެ އެވެ. ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް އޮންނަނީ ހުޅުވާލައިފަ އެވެ.
ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ މި ހަރަކާތަށް ރަށުން ބޭރުން މިފަހަރު އައި މީހުން ގިނަ އެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަ މަސް ނިމެން ގާތްވުމާ އެކު އުލިގަމުގައި ތައްޔާރުވާން ފަށަނީ ހަމައެކަނި އީދު ފާހަގަކުރުމަކަށް ނޫނެވެ. އެ ރަށުގައި ކޮންމެ އަހަރަކު ވެސް ރަށުގެ އެންމެން ބައިވެރިވެގެން ބާއްވާ މަސް ފިހުމުގެ ބޮޑު އީދަށް ވެސް ތައްޔާރުވެ އެވެ. މީގެ އަހަރުތަކެއް ކުރިން ފެށިގެން ބާއްވަމުން އަންނަ މި ބާބެކިއު އަކީ މުޅި ރާއްޖޭގައި ވެސް ބާއްވާ މިފަދަ އެންމެ ބޮޑު ބާބެކިއު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!